
ބ. އޭދަފުށީގައި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހެއް އިއްޔެ ފަށައިފި އެވެ.
އެފްއޭއެމުން ބ. އަތޮޅު ކައުންސިލާއި ކްލަބް އޭދަފުށި ގުޅިގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެނީ އެފްއޭއެމްގެ އިންސްޓްރަކްޓަރުންނެވެ. މި ކޯހުގައި 22 ކޯޗުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އަންހެން ބައިވެރިއަކު ވެސް ހިމެނެ އެވެ.
މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯހުގައި ޕްރެކްޓިކަލް ބައިގެ އިތުރުން ތިއަރީ ބައި ވެސް ހިމެނެ އެވެ. އެގޮތުން ފުޓްބޯޅައިގެ ބޭސިކް ސްކިލްތަކާއި ކުޅުންތެރިންނާއި ދަނޑުމަތީގައި ވާހަކަ ދައްކަންޖެހޭ ގޮތްތައް ކިޔަވައިދޭނެކަމަށް އެފްއޭއެމުން ބުނެ އެވެ.

އެފްއޭއެމުން ވަނީ ދާދިފަހުން އޭދަފުށީގައި ގްރާސް ރޫޓްސް ކޯޗިން ކޯހެއް ވެސް ހިންގައިފަ އެވެ. މިކޯހުން ތަމްރީނުވި ކޯޗުން އަންނަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން ކުރިއަށްގެންދާ ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްގައި އެހީތެރިވެދެމުންނެވެ.
