
ބ. ތުޅާދޫ ވިލުގައި މިއަދު މަސް ބާނަން އުޅުނު ބަޔަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި މިއަދު މެންދުރު ޑިންގީއެއްގައި މަސް ބާނަން އުޅުނު މީހުންނަށް، ބޮޑު ހަތަރު ޕެކެޓުގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ އެ ޕެކެޓްތަކުގައި ހުރީ ވީޑް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ، މި އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ރަށު ވިލުތެރެ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ވިލު ތެރެއިން ފެނުނު މަސްތުވާތަކެތި ހުރީ ރަބަރުން ބަންދުކޮށް ބޭރުގައި ޓޭޕު އަޅައި، ފެން ނުވަންނަ ގޮތް ހަދައިފަ އެވެ.
