ހިއްކި ބިން ލެވެލް ކުރުމުގެ މަސައްކަތް އަލުން ފަށައިފި

ހިއްކި ބިން ލެވެލް ކުރުމުގެ މަސައްކަތް މިއަދު ކުރަނީ --އީޓީ ފޮޓޯ / ނަވާލް
ހިއްކި ބިން ލެވެލް ކުރުމުގެ މަސައްކަތް މިއަދު ކުރަނީ –އީޓީ ފޮޓޯ / ނަވާލް

ބިން ހިއްކުމަށް އޭދަފުށީގައި ފަށާފައިވާ މަޝްރޫއުގެ ދަށުން ހިއްކި ބިމުގެ ފަސްގަނޑު ލެވެލް ކުރުމުގެ މަސައްކަތް މެދުކަނޑާލާފައި އޮތުމަށް ފަހު އެ މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިދިޔަ މޭމަހު ބިން ހިއްކުމަށްފަހު ހިއްކި ސަރަހައްދުގެ ފަސްގަޑު ލެވެލް ކުރުމުގެ މަސައްކަތް ބޮސްކާލިސް އިން ވަގުތީ ގޮތުން މެދު ކަނޑާލާފައި އޮތުމަށްފަހު، އަލުން އެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ހިއްކި ބިން ލެވެލް ކުރުމުގެ މަސައްކަތް މިއަދު ކުރަނީ --އީޓީ ފޮޓޯ / ނަވާލް
ހިއްކި ބިން ލެވެލް ކުރުމުގެ މަސައްކަތް މިއަދު ކުރަނީ –އީޓީ ފޮޓޯ / ނަވާލް

އަދި ހިއްކި ސަރަހައްދު ވަށައިގެން ރަށް ހިމާޔަތްކޮށް، އެންމެ ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި ބޮޑު ހިލަޖެހުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެ އެވެ. ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބޮޑު ހިލަ މިހާރު މިރަށަށްވަނީ ޖަމާކޮށްފަ އެވެ. އަދި މި މަސައްކަތަށް ބޭނުންވާ ބައެއް މެޝިނަރީޒްވެސް މިދިޔަ ހަފްތާތެރޭ މިރަށަށްވަނީ ގެނެސްފަ އެވެ.

ބިމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައިވާ މިރަށުގެ ވަށައިގެން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައި ނިމުނުއިރު ރަށުގެ ބިމުގެ ސައިޒު ގާތްގަޑަކަށް 56 ހެކްޓަރަށް ވަނީ ބޮޑުވެފަ އެވެ. ހިއްކުމުގެ ކުރިން އޭދަފުށީގެ ބިމުގެ ސައިޒަކީ ގާތްގަޑަކަށް 31 ހެކްޓަރެވެ.

ތިން ހާހެއްހާ މީހުން ދިރިއުޅޭ އޭދަފުށީގެ ކައުންސިލުން ބުނީ އަލަށް ހިއްކި ބިން ތަރައްގީކުރުމަށް ހަމަޖައްސާފައި ވަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.