ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ އިނާމުދިނުމުގެ ޖަލްސާގައި އިނާމުލިބޭ ދަރިވަރުންގެ ލިސްޓް އާންމުކޮށް، އިސްލާހު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކޫލުން އާއްމުކޮށްފައިވާ ލިސްޓްގައި ބުނެފައި ވަނީ ލިސްޓްގައި އެއްވެސް މައްސަލައެއްވާނަމަ އަންނަ އަންގާރަ ދުވަހުގެ ކުރިން ސްކޫލަށް ހުށަހެޅުމަށެވެ.
އެ ސްކޫލުން އާއްމުކޮށްފައިވާ ލިސްޓްގައިވާގޮތުން މިދިޔަ އަހަރު އެކިގޮތްގޮތުން ކާމިޔާބީތައް ހޯދި 150 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމުލިބެ އެވެ. އިނާމުލިބޭ ދަރިވަރުންގެ ލިސްޓް އާއްމުކުރިއިރު ބައެއް ޚާއްސަ ވަނަތައް ލިބޭ ދަރިވަރުންގެ ނަމެއް އާއްމެއް ނުކުރެވެއެވެ. އާއްމު ގޮތެއްގައި އެ ދަރިވަރުންގެ ނަންތައް އެ ސްކޫލުން އާއްމުކުރަނީ އިނާމުދިނުމުގެ ޖަލްސާގެ ޚާއްސަ ރަސްމިއްޔާތުގެ ތެރޭގައެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި އިނާމުދިނުމުގެ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު ފަހުކޮޅު އެވެ.