ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް،
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް،

 

އަންނަ ސެޕްޓެމްބަރު މަހު ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި އަންނަ ސިމެސްޓާގައި (ސެޕްޓެމްބަރު  އިންޓޭކްގައި) ފެށުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމާ އިން އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އާއި ބެޗެލާ އޮފް އެކައުންޓިން އަދި ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން މާސްޓާޒް އޮފް އެޑިމިނިސްޓްރޭޝަން ކޯސްތަކެވެ.

މީގެ ތެރެއިން އެކައުންޓިން ކޯސް ފިޔަވައި އެހެން ހުރިހާ ކޯސްތަކެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ.

އެ ކޮލެޖުން ބުނީ ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުން އޯގަސްޓް ދިހައެއްގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކެމްޕަހުގައި މިހާރުވެސް ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންއާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދެއެވެ.

ކޯސްތަކަށް ވަނުމަށްއެދޭ ފޯމް އަދި އިތުރު މަޢުލޫމާތު ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން (ފޯން 6608600) ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.