
ބ. އޭދަފުށިން ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 16،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން މިއަދު ބުނެފި އެވެ.
ކައުންސިލް އިދާރާއިން ބުނި ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި 16،690.90ރ ދައްކާފައި ވަނީ 1069 މީހެކެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މިއަހަރު މި ރަށުން ފިތުރު ޒަކާތުގެ ގޮތުގައި އާދައިގެ ހަނޑޫ ބޭނުންކުރާ މީހުން ދައްކަން ޖެހެނީ ބޮލަކަށް 11.52 ރުފިޔާ އަދި ތައިލެންޑް ހަނޑޫ ބޭނުން ކުރާ ފަރާތްތަކުން ބޮލަކަށް 48 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ 84ރ އެވެ.
ކައުންސިލުން ބުނީ މި ރޯދަމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 ން 12:15 އަށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
ޒަކާތް ދައްކަން ޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ. މި އަހަރު ޒަކާތް ބަލައިގަންނަނީ 2.4 ކިލޯގެ އަދަދަށްވާ ފައިސާ އިންނެވެ.
ޒަކާތް ދެއްކުމުގެ އިތުރުން ފަގީރުންގެ ގޮތުގައި ނަން ނޯޓުކުރުމުގެ ފުރުސަތު ޖުލައި 20 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އޭދަފަށީގައި ނޫޅޭނެ ޒަކާތު ފައިސާ ދޭންޖެހޭ ވަރުގެ ފަގީރަކު މިހާރު އޭދަފުށީ ރައްޔިތުން ތިބޭނީ ފުދިފައި ، އެމީހުން ފަގީރުހާލުގައި އުޅުނީ މީގެ ފަސް އަހަރު ކުރިން އޭރު ތަކެތި އަގުބޮޑުވެ އެންމެންވެސް ތިބީ ފަގީރުވެފައި