
އުރީދޫ ޓެލެކޮމް މޯލްޑިވްސްގެ ބ. އޭދަފުށީ ޓަވަރުގައި ބަހައްޓާފައިހުރި ޑިސްތައް ބާވެ، އޭގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ އާއްމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އަބޫބަކުރު ހުސައިން ބުނިގޮތުގައި، އުރީދޫ ޓަވަރުގައި ހުރި ޑިސްތަކުގެ ސަތަރިތައް ބާވެ އޭގެ ސްޕެންޖު ތަކާއި ސްޕެންޖުތަކުގެ ކުނޑީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އަންނަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. އަދި ހަލާކުވެފައިވާ އެ ޑިސްތަކުން ބައެއް ކަހަލަ ދަގަނޑު ކޮޅުކޮޅުވެސް އެ ސަރަހައްދުގެ ބައެއް ގޭގޭގެ ފުރާޅުތަކަށް ފައިބަމުން ދާކަމަށް އޭނާ ބުންޏެވެ. މި މައްސަލަ ބޮޑުވެގެން ގޮސް، އޭނާ ރަށު ކައުންސިލް އިދާރާއަށާއި އަތޮޅު ކައުންސިލް އަދި ފުލުހުންނަށްވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ.

“ބާވެފައިހުރި ޑިސްތަކުން ފައިބާ ކުނޑިއާ އުދަގުލާހެދި މިހާރުވަނީ މިސަރަހައްދުގެ މީހުންގެ ދިރިއުޅުމަށް އުނދަގޫވެފައި، ފުރާޅުތަކުގައި ހުސް އޭނގެ ކުނޑިއާއި ސްޕެންޖް އަދި ދަނގަޑު ކޮޅުކޮލޫ. ވާރޭ ވެހުނަސްވާރޭ ފެން ނެގޭކަށެއް ނެތް. ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ، ކައުންސިލަށް ހުށަހެޅީމަ ބުނީ އެ ކަންތައް ކަމާބެހޭ ފަރާތަށް މިހާރު ވާނީ އަންގާފައި ކަމަށް، މިހާރު މަސްދުވަސް މިވަނީ އަދިވެސް ހައްލެއް ނާދޭ،” އަބޫބަކުރު ބުންޏެވެ.
އަބޫބަކުރު ބުނީ، މި ރޯދަމަސް ނިމުމުގެ ކުރިން މި މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، އެ ސަހައްދުގެ އާއްމުން ނުކުމެ މައްސަލަ ހައްލުކުރުމަށް ތިބީ ތައްޔާރަށް ކަމަށެވެ.
“ރޯދަމަސް ފަހުން އަހަރެމެން ޓަވަރަށް އަރާ ޑިޝްތައް ތިރިއަށް ބާލަން މި ވިސްނަނީ، އަހަރެމެން ހުއްޓުވަން ޖެހޭނީ ޕޮލިހުން އައިސް” އޭނާ ބުންޏެވެ.
ކައުންސިލުން މިއަދު ބުނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބަލަ، ކައުންސިލާ ދިމާއަށް އެއްޗެހި ގޮވާއިރު، އެ ޓަވަރަކީ ކައުންސިލުން ބަލަހައްޓައި މަރާމާތުކުރަންޖެހޭ ތަނެއްތަ؟ ތަނެއް ދޮރެއްވެސް އެނގޭ ބައެއް ނޫންދޯ؟ކައުންސިލުން އެ ބުނަނީ އޭގެ ވެރިފަރާތަށް އަންގައިފީމޭ.
މުޒާހަރާ އަކަށް ގޮވާލަން ކަންކަން ކުރެވޭނީ ކެރިގެން
ކައުންސިލިރުން ތިބީ ނިދާފަތަ މިވަރުވެގެން ދާއިރު…..؟މަށައް ފެންނަނީ އެމީހުން ހޭލާވަރު ކޮށްލަން ގިނަބަޔަކައް އުނދަގޫވާ ކަންތައް ހައްލުކުރުމައްވުރެއް ބޮޑަށް އެމީހުން ބަލަނީ ކާރު ދުއްވާ މީހެއްގެ މަސްލަހަތައް. ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ތިބެނީ އޭނަގެ ދަށުވެފަ….. އޭދަފުށި މީހުން ރަންގަޅީ ހިސާބައް ވުރެއް.
ހަމަަ އެއްކަމެއްވެސް ނުވާނެ. ފިޑި ބައެއް.
އޭދަފުށިގައި ތިބޭ އުރީދޫ ސްޓާފުންގެ އެއްވެސް ހަރުދަނާ ކަމެއް ނެއް. ހިތަށް އެރި ގޮތަކަށް އުޅެމުން ދަނީ. ވަކިން ހާއްސަކޮށް ޓެކްނިކަލް މީހުންނަށް ވުރެ ސޭލްސް ޓީމްގެ މީހުންގެ ކަންތައް ފަލަ. ބަރާބަރަށް މުސާރަ ނަގަފަ ނިބެނީ ގޭގަ ނިދާފަ. ހުރިހާ ގެއްލުމެއް ކުންފުންޔަށް.
ރޯދަ މަހުގެ ފަހުން މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ، ރަނގަޅަށް ހައްލު ގެންނާނަން
ވ ސަލާމް
އޭދަފުށި ކައުންސިލެއް އޮވޭތަ ؟؟؟
މަ ހީހީ ހަލާކު………..
އޭދަފުށިގެ ރައްޔިތުންނަށް އެއްވެސް ފައިދާ ހުރި ކަމެއް ކުރާ ކައުންސިލެއް ނޫން.. އޭގެ ބަދަލުގައި މީހުންނަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމާއި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރާ ބައެއް.