ކަރަންޓް ކަނޑާތީ އާންމުން ޝަކުވާ ކުރަނީ

eyd night

މި ރޯަދަ މަހު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓް ނުކެނޑޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވަނިކޮށް މިއަދު މެންދުރު ފަހުން ފެށިގެން އޭދަފުށީގެ އެކި ސަރަހައްދު ތަކުން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންދާތީ ބައެއް އާއްމުން ޝަކުވާ ކުރަން ފަށައިފި އެވެ.

މިއަދު މެންދުރުން ފެށިގެން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދަނީ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެގެން ކަމަށް ހަބަރު ލިބެއެވެ. އެހެން ނަމަވެސް މިއީ އާންމުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމަކަށްވާތީ، ކަރަންޓަށް އެދެވޭ ހައްލެއް ނާންނާތީ އާންމުންގެ ޝަކުވާތައް ގިނަ އެވެ.

“އޭދަފުށީ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ނުކޮށް މިރަށުގައި އިތުރު ޕްރޮޖެކްޓްތަކެއް ހިންގުމުގެ އެއްވެސް މާނައެއް ނެތް!” ކަރަންޓް ކަނޑަމުންދާތީ މިރޭ އަބްދުﷲ ރަޝީދު އޭނާގެ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓްކޮށްލި އެވެ.

“ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށްވުރެ ބޮޑަށް މި ސަރުކާރުން ފުރަތަމަ އިސްކަންދެނީ ފުޓްސަލް ދަނޑުތައް އެޅުމަށް،” އޭގެ ކުޑަ އިރުކޮޅެއްފަހުން ލަންކާގައި ކިޔަވަންހުރި އޭދަފުށީ ކުއްޖަކު އަބްދުﷲ ރަޝީދުގެ ސްޓޭޓަސްއަށް ކޮމެންޓް ކުރި އެވެ.

“ކަރަންޓް ދެނީ ހިލޭ އެއްނޫން. ރައްޔިތުންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ކަރަންޓް ސަޕްލައިކޮށް ނުދެވޭނަމަ ކުންފުންޏާމެދު ރައްޔިތުން ކުރާ އިތުބާރު ކުޑަވެގެންދާނެ،” އެހެން ކޮމެންޓެއްގައި އޮތެވެ.

ބ. އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން މި ރޯދަމަހާ ދިމާދިމަކޮށް 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް އޭދަފުށީ ކައުންސިލުންވަނީ އިންޖީނުގެއަށް ހަދިޔާވެސް ކޮށްފައެވެ. ނަމަވެސް އިންޖީނާއެކު ޕެނަލް ބޯޑެއް ނުލިބުމުން އޭގެ ބޭނުން ހިފަން ނުފަށާކަމަށް މައުލޫމާތު ލިބެ އެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު ހަލުވި މިނެއްގައި މައްޗަށް ދާތީ އޭދަފުށީ އިންޖީނުގޭގައި މިވަގުތު ބޭނުންކުރާ އިންޖީނުތަކުން ރަށަށް އެންމެ އެކަށީގެންވާގޮތެއްގައި ކަރަންޓް ފޯރުކޮށް ނުދެވޭކަމަށް އެއިންޖީނުގެއިން ކުރިން ބުނެފައިވެ އެވެ. މިވަގުތު އިންޖީނުގޭގެ ލޯޑް ކެޕޭސިޓީ 650 އަށްވުރެ މަތިއިރު އިންޖީނުގޭގެ ފުލް ކެޕޭސިޓީގައި ހުރީ 750 ކިލޯވޮޓެވެ. ނަމަވެސް އިންޖީނުތަކުގެ ހާލަތު ދަށްވެފައިވާތީ، ފުލްކެޕޭސިޓީގައި ކަރަންޓްދިނުމަކީ ނުވާނެކަމެއްކަމަށް އޭދަފުށީ އިންޖީނުގެއާ ހަވާލާދީ ކައުންސިލުން ބުނެއެވެ.

އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުންވެސް 600 ކިލޯވޮޓްގެ އާޖަނަރޭޓަރެއް ވަރަށް އަވަހަށް އޭދަފުއްޓަށް ގެންނާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. zahaan

    ބަލަ ކަރަންޓު ވެސް ދާނެ ދޯ! އެންޖީން ވެސް ހިގާނީ ވަކި ވަރަކަށް! ލިބޭ މިންވަރަށް ސުކުރު ކޮށްބަލަ!

    ރައްދު
  2. މުހައްމަދު

    ދުނިޔޭގައި އުޅޭއިރު އެއްވެސް ދަތިކަމެއް ދިމާވެގެން ނުވޭތޯ؟ ކޮބާ މިންވަރަށް އީމާންވުން؟ މިންވަރަށް އީމާންނުވާ މީހުން ފުރިހަމަ މުސްލިމުންނަށް ވޭބާ؟ ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ބޭނުންވާ ފެންވަރަށް އަބަދު ހުންނާކަށް ދުނިޔެމައްޗަކީ ސުވަރުގެއެއް ނޫނޭ. ބަލަ، އަހަރެމެން ކުޑައިރު އޭދަފުށިގައި ކަރަންޓެއް ނުހުރޭ. ފިލާވަޅު ދަސްކުރަނީވެސް ފުޅިބައްތީގެ އަލީގައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.