
އޭދަފުށީގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން ޝައިހް އަހްމަދު ޝަމީރުގެ ވަރަށް ޚާއްސަ ދަރުސެއް މިއަދުގެ އަސުރު ނަމާދަށްފަހު ބޭއްވުމަށް އިންތިޒާމް ކޮށްފި އެވެ.
ދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ ފަޠީން ޚާލިދު ބުނިގޮތުގައި މިއަދުގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަސުރު ނަމާދަށްފަހު، އޭދަފުށީ މަސްޖިދިލް ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގަ އެވެ.
އާއްމުންގެ ސުވާލުތަކަށް ޖަވާބުދޭގޮތަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ މި ދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަފަރާތްތަކުން ހާޒިރުވުމަކީދަރުސް އިންތިޒާމްކުރާ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.
މިދިޔަ މޭ މަހުވެސް ޒުވާނުންގެ ފަރާތުން މިފަދަ ދީނީ ދަރުސެއް ބާއްވާފައިވެ އެވެ.
މީހުންގެ ނަން ލިޔާއިރު އެމީހެއްގެ އެޑްރެސް ނުވަތަ އެމީހެއްގެ މަގާމު ލިޔެލާނަމަ، އެއީ ކާކުކަން މީހުންނަށް ފަސޭހައިން އޮޅުން ފިލާނެ. މިހާރު އުޅޭ ރިޕޯޓަރުންނަކީ އަމާ ބުނީތީ ފަރަށްދާހެން ޚަބަރާއި ރިޕޯޓް ފަދަ ތަކެތި ލިޔެއުޅޭ ބައެއް. ފަޠީން ޚާލިދަކީ ކާކުކަން އެނގެނީ ކިތައް މީހުންނަށްބާ؟
this is the way our youth should be… Thank you Fatheen.. god bless u