އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސްގެ ބައެއް ބައިތައް ކުއްޔަށް ދޫކުރަނީ

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް، މި އިމާރާތުގެ ބައެއް ބައިތައް ކުއްޔަށްދޫކަން އެ ކުންފުނުނިން ވަނީ އިއުލާން ކޮށްފައި-- ފައިލްފޮޓޯ
އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް، މި އިމާރާތުގެ ބައެއް ބައިތައް ކުއްޔަށްދޫކުރަން އެ ކުންފުނުނިން ވަނީ އިއުލާން ކޮށްފައި– ފައިލްފޮޓޯ

އެސްޓީއޯ ބ. އޭދަފުށީ ކޮމްޕްލެކްސްގެ ބައެއް ބްލޮކްތައް ކުއްޔަށް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޭދަފުށީ ބަނދަރުމަތީގައި ހަދާފައިހުރި އޭދަފުށީ އެސްޓީއޯ ބ. އޭދަފުށީ ކޮމްޕްލެކްސްގެ ތިންވަނަ ފަންގިފިލާގައިވާ ދެ ކޮޓަރީގެ އެޕާޓްމަންޓަކާއި ފަސް ކޮޓަރި އެޓޭޗް ފާހާނާއާއެކު އެންމެ ރަނގަޅު ޕްރޯޕަސަލެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި އޮފީސް ހިންގުމަށް ހަދާފައިވާ ބްލޮކްތައްވެސް ކުއްޔަށްދޭން ނިންމާފައިވާ ކަމަށް އެސްޓީއޯގެ އިއުލާނުގައި ވެ އެވެ.

އެސްޓީއޯގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދިނުން އޮންނާނީ އޯގަސްޓް 3 ވަނަ ދުވަހު އެސްޓީއޯގެ މައި އޮފީހުގައި ނުވަތަ އެސްޓީއޯގެ އޭދަފުށީ ފިހާރައިގެ އެވެ. އަދި ތަންތަން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނީ އޯގަސްޓް 7 ވަނަ ދުވަހު އެވެ.

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސްގެ ބްލޮކްތައް ކުއްޔަށްދޭން މި އިއުލާން ކުރީ އިމާރާތް ހުޅުވިތާ އަހަރަކަށްވުރެވެސް ގިނަދުވަސް ވީ ފަހުންނެވެ. އީޓީ އަށް އެނގިފައި ގޮތުގައި އެސްޓީއޯ އިން މި ބައިތައް ކުއްޔަށްދިނުން ލަސްވީ އޭދަފުށީ ކައުންސިލުން ކުރިމަތިކުރުވި މައްސަލަތަކެއްގެ ސަބަބުން ކަމަށްވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.