ދިރާގުގެ 5ވަނަ އެކްސްކުލޫސިވް ޕާޓްނާ ފިހާރަ ހުޅުވައިފި

ދިރާގުގެ 5ސް ވަނަ އެކްސްކުލޫސިވް ޕާޓްނަރ ފިހާރައިގެ ގޮތުގައި ހުޅުވި 'އެލް މޮބައިލް 2'-- ފޮޓޯ / ދިރާގު
ދިރާގުގެ 5ސް ވަނަ އެކްސްކުލޫސިވް ޕާޓްނަރ ފިހާރައިގެ ގޮތުގައި ހުޅުވި ‘އެލް މޮބައިލް 2’– ފޮޓޯ / ދިރާގު

 

މާލެ ސިޓީގައި ދިރާގުގެ 5ސް ވަނަ އެކްސްކުލޫސިވް ޕާޓްނަރ ފިހާރައިގެ ގޮތުގައި ‘އެލް މޮބައިލް 2’ ހުޅިވިއްޖެއެވެ.

‘އެލް މޮބައިލް 2’ އިން ކަސްޓަމަރުންނަށް ދިރާގު ކަސްޓަމަރ ފްރަންޓް އޮފީހުން ލިބިވަޑައިންނަވާ ޚިދުމަތްތަކުގެ ތެރިއިން ވަރަށް ގިނަ ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ. ‘އެލް މޮބައިލް 2’ ހުންނާނީ މ.ޓެސްކޯ، އިއްޒުއްދީނު ހުނގުމުގައެވެ.

އެގޮތުން ދިރާގު ކަސްޓަމަރުނަން ‘އެލް މޮބައިލް 2’ އިން ލިބިގެންދާނެ ޙިދުމަތްތަކުގެ ތެރޭގައި ޕޯސްޓްޕެއިޑް އާއި މޯބައިލް ބްރޯޑް ބޭންޑް އާ ކަނެކްޝަން ނެގުމާއި ހިދުމަތް މެދު ކަނޑާލުމުގެ އިތުރުން ޕެކޭޖް ބަދަލުކުރުން ހިމެނެ އެވެ. މީގެ އިތުރުން ޕޯސްޓްޕެއިޑް އައިޑީޑީގެ ޚިދުމަތާއި ވޮއިސް މެއިލްގެ ޚިދުމަތާއި ބިލް ކުރެވޭ އެޑްރެސް ބަދަލު ކުރުމުގެ އިތުރުން ޕޯސްޓްޕެއިޑް ހިދުމަތައް ބިލުކުރެވޭ އެޑްރެސް ބަދަލުކުރުން ހިމެނެ އެވެ. އަދި ޕްރިޕެއިޑް ކިޓާއި ޓަޗްނެޓް ކަނެކްޝަން އަދި މޮޑަމް ދޫކުރުންވެސް ހިމެނެ އެވެ.

‘އެލް މޮބައިލް 2’ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށުގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު މެންދުރު 2:00 އިން އިރު އޮއްސީ 6:00 އަށް ރޭގަނޑު 8:00 އިން 11:00 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.