އުރީދޫ ނޭޝަން އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް ފަށައިފި

އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ ސީޒަން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި މިއަދު މި މުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މަލްކަން ސިންގް ތަންވަރް އަދި ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަބީން އަލީ ފުރަތަމަ މެޗު ކުޅުނެވެ.

އުރީދޫން ބުނި ގޮތުގައި ތިން ދުވަހަށް ދެމިގެންދާ މި މުބާރާތުގައި ހޮނިހިރު ދުވަހު ފައިނަލް މެޗު ކުޅެވިގެންދާނީ ރައުންޑް ރޮބިން ސްޓައިލަށް ތިން ކުޅުންތެރިންގެ މެދުގަ އެވެ.

މި މުބާރާތަށް 15،000 ރުފިޔާގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ކުޅުންތެރިޔާއަށް 8،000 ރުފިޔާ، ދެވަނަ ކުޅުންތެރިޔާއަށް 4،500 ރުފިޔާ އަދި ތިންވަނަ ކުޅުންތެރިޔާއަށް 2،500 ރުފިޔާ ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު “އަލްޓިމޭޓް ޕްލޭޔާ” ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

“އަލްޓިމޭޓް ޕްލޭޔާ” އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެ އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.