ފުލުހުންގެ މެމޯރިއަލް ޑޭގެ ހާއްސަ ޖަލްސާ ހިތާދޫގައި ބާއްވައިފި

ފުލުހުންގެ މެމޯރިއަލްޑޭ ގެ ޙައްސަ ޖަލާގައި އުއާ ކުރަނީ ފޮޓޯ- ހިތާދޫ އޮންލައިން
ފުލުހުންގެ މެމޯރިއަލްޑޭ ގެ ޙައްސަ ޖަލާގައި އުއާ ކުރަނީ ފޮޓޯ- ހިތާދޫ އޮންލައިން

ޑިއުޓީގައި އުޅެނިކޮށް ދިމާވާ ހާދިސާތަކުގައި ޝަހީދުވާ ފުލުހުންގެ ހަނދާން އާކޮށް ގައުމަށްޓަކައި ކޮށްދީފައިވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމަށް ކޮންމެ އަހަރަކު ވެސް ފާހަގަކުރާ މެމޯރިއަލް ޑޭ ގެ އުތުރު ސަރަހައްދުގެ ޖަލްސާ ރޭ ހިތާދޫ ގައި ބާއްވައިފި އެވެ.

ރޭ 10:00 ގައި ހިތާދޫ ސްކޫލް ހޯލުގައި ބޭއްވި މި ޖަލްސާގައި އުތުރު ސަރަހައްދުގެ ފުލުހުންގެ އިސްބޭފުޅުންނާއި ބ. އަތޮޅު ޕޮލިސްޓޭޝަންގެ ބޭފުޅުންނާއި އަތޮޅު ކައުންސިލްގެ މެންބަރުންނާއި ހިތާދޫ ކައުންސިލުގެ މެންބަރުންނާއި ހިތާދޫގެ މުއައްސަސާތަކާއި ޖަމިއްޔާތަކުން ބައިވެރިވި އެވެ. އަދި 2013 ވަނަ އަހަރުގެ ޖޫންމަހު 1 ވަނަ ދުވަހު ސައިކަލަކުން ޖައްސާ ޝަހީދު ކޮށްލި ޝަހީދު ކޯޕްރަލް މިސްބާހު ޢަބްދުﷲ ގެ އާއިލާގެ ބޭފުޅުންވެސް މި ޖަލްސާގައި ބައިވެރިވި އެވެ.

މިޖަލްސާ ގައި ޝަހީދުވެ ދިޔަ ފުލުހުންގެ ހަނދާނުގައި އެއް މިނެޓުގެ ސްކޫތެއް ވަނީ ގެނެސްފައެވެ. އަދި ޝަހީދުވި ބޭފުޅުންނާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދެއްވާފަ އެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭދަފުށީ ޕޮލިސްޓޭޝަންގެ އިނިސްޕެކްޓަރު އާދަމް ޝަރީފު ވިދާޅުވީ މި ޖަލްސާ ހިތާދޫގައި ބޭއްވޭ ސަބަބަކީ މިދިޔަ އަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހު ޑިއުޓީގައި ހުއްޓާ ސައިކަލަކުން ޖައްސާ ޝަހީދު ކޮށްލެވުނު ހިތާދޫ، މިސްބާހު ޢަބްދުއްﷲ އަކީ ހިތާދޫގެ ބޭފުޅަކަށް ވީތީ އެބޭފުޅާއަށް ޚާއްސަ ކުރެވިގެން ބޭއެވޭ ޖަލްސާއެއް ކަމަށެވެ.

މިޖަލްސާ ނިމުނީ ފުލުހުންގެ ޑިއުޓީގައި ތިއްބަވަނިކޮށް ޝަހީދުވެފައިވާ ބޭފުޅުންނަށް ކުރެއްވި ޚާއްޞަ ދުޢާއެއް ކުރެއްވުމަށް ފަހުގައެވެ. އިސްވެ މި ދުއާކ ޮށްދެއްވީ ހިތާދޫ ސީނާ އަލް ޝައިޚްހުލް ޚާފިޟު އިބްރާހިމް އަބޫބަކުރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.