ދަރަވަންދޫ ފަޅުތެރޭގައި އޮތް ލޯންޗެގައި ރޯވެ އަނދައި ހުލިވެއްޖެ

ދަރަވަންދޫ ފަޅޫތެރޭގައި އޮތް ލޯންޗެއްގައި ރޭ ފަތިހު، ރޯވެ އަނދާ ހުލިވެފައި
ދަރަވަންދޫ ފަޅޫތެރޭގައި އޮތް ލޯންޗެއްގައި ރޭ ފަތިހު، ރޯވެ އަނދާ ހުލިވެފައި

 

ބ. ދަރަވަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ރޯވެ، ލޯންޗް އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

ރޭ ފަތު 5:00 ހާއިރު ރޯވެފައިވަނީ މިއަތޮޅު ރިސޯޓެއް ކަމަށްވާ ޑުުސިޓް ތާނީ މޯލްޑިވްސްގެ ވޯޓާ ސްޕޯޓްސްގައި ބޭނުންކުރާ ލޯންޗެއްގަ އެވެ.

ބ. ދަރަވަންދޫން ވާހަކަދެއްކި މީހަކު ބުނީ، ގަލްފް ކްރާފްޓް 15 މީހުންގެ ޖާގައިގެ އެ ލޯންޗުގައި ރޯވިކަން އެނގުނީ ރޭ ފަތިހު އެރަށު ބަނދަރުމަތީގައި މަސްބާނަން އުޅުނު ކުއްޖަކަށް ކަމަށެވެ. އަދި އަލިވާން ގަނޑު ރޯވީ ބާރުގަަ އަޑުފައްގަޑު ތަކަކާއެކު ކަމަށްވެސް އޭނާ ބުންޏެވެ.

ދަރަވަންދޫ ފަޅޫތެރޭގައި އޮތް ލޯންޗެއްގައި ރޭ ފަތިހު، ރޯވެ އަނދާ ހުލިވެފައި
ދަރަވަންދޫ ފަޅޫތެރޭގައި އޮތް ލޯންޗެއްގައި ރޭ ފަތިހު، ރޯވެ އަނދާ ހުލިވެފައި

 

“އޭރު އެ ސަރަހައްދުގައި މަސްބާނަން އުޅުނު ކުއްޖަކަށް އެނގުނީ ރޯވިކަން. އެ ކުއްޖާ ވަގުތުން ރަށު ތެރެއަށް ގޮސް ބޮޑު މީހަކަށް އެންގީ، ދެން ކައުންސިލަރުންނަށް އެ ޚަބަރު ދިނީ. ރޯވި ވަގުތު ވަރަށް ބާރު އަޑުފައްގަޑު ތަކެއްވެސް އިވުނު. ބޮޑަށް ބެލެވެނީ ބެޓްރީ ޝޯޓެއްވެގެން ދިމާވި ކަމެއް ކަމަށް،” އޭނާ ބުންޏެވެ.

އާއްމުންނާއި ދަރަވަންދޫ އެއާޕޯޓްގެ ފަޔާ ޑިޕާޓްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ރޭ ފަތިހު އަލިފާންގަނޑު ނިއްވާލި އިރު، ލޯންޗް އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ.

އަނދާފައިވާތީ ލޯންޗު ފައްތާލަން އުޅެނިކޮށް މިރޭ އިރާކޮޅު ވެސް އޭގައި ވަނީ އަލިފާން ހިފާފަ އެވެ. ނަމަވެސް އެއާޕޯޓްގެ ފަޔާ ޑިޕާޓްމަންޓްގެ މުވައްޒަފުންގެ އެހީގައި ވަނީ އަލިފާންގަނޑު އަނެއްކާވެސް ނިއްވާލާފަ އެވެ. ލޯންޗް ކަނޑަށް ފައްތާލުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.