
މަރާމާތުނުކުރާތާ ގިނަ ދުވަސްތަކެއްވެ، ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ އުރީދޫ ޓެލެކޮމް މޯލްޑިވްސްގެ އޭދަފުށީ ޓަވަރުގައި ހުރި ޑިޝްތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޑިސްތައް މަރާމާތު ކުރަން އިއްޔެ ފަށާފައި މިވަނީ ޑިސްތަކުގެ ސަތަރިތައް ބާވެ އޭގެ ސްޕެންޖު ތަކާއި ސްޕެންޖުތަކުގެ ކުނޑީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ ޝަކުވާކޮށްފައިވަނިކޮށެވެ. އަދި ރޯދަމަސް ނިމުމާއެކު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ނުފަށައިފިނަމައާއްމުން ނުކުމެ މައްސަލަ ހައްލުކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވަނިކޮށެވެ.

އުރީދޫ އިން އިއްޔެ ވަނީ ބައެއް ޑިޝްތައް ތިރިއަށް ބާލައި އަލުން ސަތަރި އެޅުމަށްފަހު މައްޗަށް ނަގައި ބަހައްޓައިފަ އެވެ. އަދި މިއަދުވެސް ޑިޝްތައް މަރާމާތު ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.