ސައްޓުގެ މޮޅު ކުޅުމާއެކު ހޮޅުދޫ ބާފާ ސޮކާކަޕް، ޓީމް ހުދުކާޅު ކާމިޔާބުކޮށްފި

ސައްޓު
ސައްޓު

 

ބ. އޭދަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހިމްގެ (ސައްޓު) އެހީތެރިކާމާއިއެކު، ފިޠުރު އީދު ބަންދާއި ދިމާކޮށް ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ އެއިޓް އަ ސައިޑް ބާފާ ސޮކާކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީމް ހުދުކާޅުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ނ. ހޮޅުދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗް 0 – 4 ން ހުދުކާޅު ޓީމް މޮޅުވިއިރު އިޝާން އިބްރާހިމް (ސައްޓު) ވަނީ މެޗްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މުބާރާތުގައި ކުޅުނު 5 މެޗްގެ ތެރެއިން ދެމެޗްގެ މޮޅު ކުޅުންތެރިޔާ ހޯދާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ސައްޓު ވަނީ ހިމެނިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ސައްޓު ވަނީ ހޯދާފައެވެ. މުބާރާތުގައި ޖުމްލަ 3 ގޯލް ސައްޓު ވަނީ ޖަހާފައެވެ.

ސައްޓު އަށް ޓްރޮފީ
ސައްޓު އަށް ޓްރޮފީ

ޓީމް ހުދުކާޅުގެ ކޯޗް އަހްމަދު ފާރިޝް ބުނީ ކޯޗިންގ ކެރިއާގައި މިހާތަނަށް އޭނާއަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔަކީ ސައްޓުކަމަށާއި، މުބާރާތް އެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސައްޓުކަމަށެވެ.

“ސައްޓުއަކީ ޓީމަށް ތަށި ހޯދައިދިނުމުގައި އެންމެ މުހިއްމު އަދާކުރި ކުޅުންތެރިޔާ. ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ކުޅުންތެރިއެއް. އަހަރެންގެ ކޯޗިންގ ހަޔާތުގައި މި ހޭދަކުރި 4 އަހަރުތެރޭގައި ދިމާވި އެންމެ ހުނަރުވެރި ކުޅުންތެރިޔަކީ ސައްޓު” ފާރިޝް ބުންޏެވެ.

ހޮޅުދޫގައި ކާމިޔާބު ކުރި މުބާރާތުގެ އިތުރުން މިއަހަރު މިހާތަނަށް ކުޅުން 6 މުބާރާތެއްގެ ޗެމްޕިއަންކަން ސައްޓު ވަނީ ހޯދާފައެވެ. އަދި ތިން މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދާފައިވެ އެވެ. ސައްޓުގެ ކާމިޔާބީއަށް އީޓީގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.