ގާޒާއަށް އެހީވާން މާޅޮހުގައި ބެހެއްޓި ފަންޑު ފޮށި ވަގަށް ނަގައިފި

ބ. މާޅޮހު މިސްކިތުގައި ބަހައްޓާފައިވާ ފޮށި އެއްލާލާފައި ފޮޓޯ- ސަން އޮންލައިން
ބ. މާޅޮހު މިސްކިތުގައި ބަހައްޓާފައިވާ ފޮށި އެއްލާލާފައި ފޮޓޯ- ސަން އޮންލައިން

 

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އަދާލަތު ޕާޓީން ކުރިއަށް ގެންދާ އެހީ ހޯދުމުގެ ހަރަކާތުގެ ދަށުން ބ. މާޅޮހު މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ޢީދުދުވަހު އެރަށު މިސްކިތު ގޯތި ތެރޭގައި ބަހައްޓާފައިހުރި ފަންޑު ފޮށި މިދިޔަ ބުރާފަސްތި ދުވަހު ވަގަށް ނަގައިގެން ގެންގޮސްފައި ވާ ކަމަށެވެ.

“މީގެ ކުރިންވެސް މި ގޮތަށް އެހީ ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ފަންޑު ފޮށި ބަހައްޓަނީ މިސްކިތުގައި. އަދި ރޭގަނޑު ވުމުން މިސްކިތްތެރެއަށް ލަނީ. އެ ތަޖުރިބާއަށް ފަހު މި ފަހަރުވެސް ފަލަސްތީނުގެ ރައްޔިތުނަށް އެހީވުމަށް ބެހެއްޓި ފަންޑުފޮށި މިސްކިތު ގޯތި ތެރޭގައި ބެހެއްޓީ. ނަމަވެސް ބުރާސްފަތި ދުވަ ވަނީ ފަންޑު ފޮށި ވަގަށް ގެންގޮސްފައި. މިއަދު އެ ފޮށި ފެނުނީ ރަށުގެ ވަލާ ކައިރީ ހުރި ފަޅު ގޯއްޗެއްގެ ތެރެއިން، ” ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ފަންޑު ފޮށި ބެހެއްޓީ ރަށުގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އެ ފޮށި ފެނުނީ މިއަދު ހެނދުނު 10:45 ގައި މިސްކިތް ކައިރީގައި މީހުން ދިރިއުޅުން ނުފަށާއި ހުރި ގޯއްޗެއްގެ ބިއްދޮށުގައު އެއްލާލާފައި އޮއްވާކަމަށެވެ. ފޮށި ފެނުނުއިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށާއި ފޮށިއޮތީ ފަޅާލާފަ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

އެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރުދަނީ އެރަށުގައި ހަރަކާތްތެރި ވަމުންނެވެ. މި މައްސަލައިގާ މިހާތަނަށް އަދި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.