މި ޓާމް ނިމެންދެން ބައެއް ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދޭނެ: ބއތމ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި- އެ ސްކޫލަށް ރަށުގެ އަމިއްލަ ފަރާތަކުްނ އެއްލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައި-- ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި- — ފައިލް ފޮޓޯ

 

ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމާ ގުޅިގެން ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ނަގައިދިނުމަށް ބައެއް ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދޭން ނިންމާފައިވާ ކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ މި ޓާމް ނިމެންދެން ބައެއް ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދޭނެ ކަމަށެވެ. އެ ސްކޫލުން ޓައިމް ޓޭބަލް ތައްޔާރުކުރާނީ ދަރިވަރުންނަށް ގެއްލުނު ގަޑިތައް ކަވަރުވާގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލުން އިއުލާންކޮށްފައިވާ ގޮތުގައި އޯގަސްޓްމަހުގެ 16 ވާ ހޮނިހިރު ދުވަހު ކިޔަވައިދިނުމަށްފަހު، ޖެހިގެން އަންނަ ހޮނިހިރު ދޫކޮށް އޯގަސްޓް 30 ވާ ހޮނިހިރު ދުވަހުވެސް ކިޔަވައިދޭ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓްބަރު 6، 13 އަދި 27 ގައިވެސް ކިޔެވުން ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ.

ތައުލީމީ ކަލަންޑަރުގައި މިޑް ޓާމް ބަންދުގެ ގޮތުގައި ކުރިން ކަނޑައެޅީ އޮގަސްޓް 24-28 އާ ހަމައަށެވެ. އެކަމަކު ރޯދަ މަހުގެ ފަހު ހަފުތާ އަކީ މިޑް ޓާމް ބަންދު ދުވަސްތަކުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅުމާ އެކު މި ޓާމްގައި ދަރިވަރުންނަށް ބަންދެއް ނުލިބޭނެ އެވެ.

ސްކޫލްތަކުގެ ކިޔެވުން ރޯދަ މަހު ވަގުތީ ގޮތުން މެދުކަނޑާލީ ކުޑަ ވަގުތުކޮޅަކަށް ދަރިވަރުން ސްކޫލަށް ފޮނުވައިގެން އެދެވޭ ނަތީޖާ ހާސިލްނުވާނެ ކަމަށް ފެންނާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔެވުން މެދުކަނޑާލި ނަމަވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10-12 ގެ ދަރިވަރުންނަށް ރޯދަ މަހު ކިޔެވުން ކުރިއަށް ގެންދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.