އޭދަފުށިން 10000އަކަފޫޓުގެ ބިމެއް ހޯދަން އެސްޓީއޯއިން އެދިއްޖެ

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް
އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް

އޭދަފުށިން 10000 އަކަފޫޓުގެ ބިމެއް ހޯދުމަށް އެދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޭދަފުށީ ކައުންސިލްގައި އެދިއްޖެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެކުންފުނިން ކައުންސިލްގައި އެގޮތަށް އެދުނީ ރަށުގައި ގޭހާއި، ސިމެންތިއާއި، ހިލަ އަދި ހިލަވެލީގެ އިތުރުން ބޭސް ރައްކާކުރުމުގެ މަސައްކަތަށް ކަމުގައި ބެލެވޭކަމަށެވެ.

3000 އަކަފޫޓުގެ ހަތަރުބުރީގެ އިމާރާތެއް އެސްޓީއޯއިން މިހާރުވެސް މިރަށުގައި ހިންގަމުން ގެންދާއިރު އެ ކުންފުނީގެ ހިދުމަތް އަތޮޅުގެ ރައްޔިތުންނަށް ލިބެމުންދާތާ ވިއްސަކަށް އަހަރުވަނީ ވެފައެވެ. ކާޑުގެ ބާވަތްތަކާއި ބައެއް އާއްމުމުދަލުގެ އިތުރުންވެސް ތަފާތު އެކި ސާމާނު ވިއްކަމުންދާ އެސްޓީއޯއަށް ބިންދިނުމާއި ގުޅޭގޮތުން ކައުންސިލުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ގަވައިދު ތަންދޭގޮތަކުން ރައްޔިތުންނަށް ފައިދާވާގޮތަށް ވިސްނާނެކަމަށާއި، އެކަމުގައި ކައުންސިލުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާއި އެކުގައެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އޭދަފުށީގައި ހިންގާ 132 ނަންބަރު ފިހާރައަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި މަޤްބޫލު ފިހާރައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.