ހެދިބޮޑުވާ މިންވަރު ދެނެގަތުމާބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ކުދިން ހެދިބޮޑުވާ މިންވަރު ދެނެގަތުމާބެހޭ ބެހޭމަސައްކަތު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ / ބ. އަތޮޅުހޮސްޕިޓަލް
ކުދިން ހެދިބޮޑުވާ މިންވަރު ދެނެގަތުމާބެހޭ ބެހޭމަސައްކަތު ބައްދަލުވުމުގެ ތެރެއިން– ފޮޓޯ / ބ. އަތޮޅުހޮސްޕިޓަލް

ކުދިން ހެދިބޮޑުވާ މިންވަރު ދެނެގަތުމާބެހޭ ބެހޭމަސައްކަތު ބައްދަލުވުމެއް މިއަދު އޭދަފުށީގައި ފަށައިފި އެވެ.

ބ އަތޮޅާއި ރ އަތޮޅުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނަށް އަމާޒުކޮށްގެން އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ފެށި މި ބައްދަލުވުމަކީ ޔުނިސެފްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއީ) އިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ދެ އަތޮޅުން 35 ބައިވެރިން ބައިވެރިވެފައި ވެ އެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ކުޑަކުދިން ހެދިބޮޑުވުމަށް ހުރަސްއެޅޭ ކަންތައްތަކާއި އުމުރާއި އިސްކޮޅު އަދި ބަރުދަން ހުންނަންޖެހޭ މިންގަޑުތަކާއި އަދި މިހާރު ކުޑަކުދިން ކިރުމާއި އިސްކޮޅު ބެލުމުގައި ދިމާވާ މައްސަލަ ތަކަކީ ކޮބައިކަން އޮޅުން ފިލުވައި އެކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.

މީގެ އިތުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ މައިންނަށް ކުދިން ހެދިބޮޑުވުމަށް ހުރަސްއެޅޭ ކަންތައްތަކާއި ގުޅޭގޮތުން ކައުންސިލިންދޭނެ ގޮތްވެސް ދަސްކޮށްދެވޭނެ ކަމަށް މިއަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޔުނިސެފްގެ ކޮންސަލްޓެންޓުންނާއި އެޗްސީއެފްގެ ބޭފުޅުންނެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.