އޭދަފުށީގައި ސިލްސިލާ ދަރުސްތަކެއް ދައްކަން ފަށައިފި

ޝޭހް އިލްޔާސް ދަރުސެއްގައި ވާހަކަ ދައްކަވަނީ-- ހަވީރު ފައިލް ފޮޓޯ
ޝޭހް އިލްޔާސް ދަރުސެއްގައި ވާހަކަ ދައްކަވަނީ– ހަވީރު ފައިލް ފޮޓޯ

އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޮޑު ސްކްރީން ބަހައްޓައިގެން ޚާއްސަ ދަރުސްތަކެއް ދައްކަން ފަށައިފިއެވެ.

މި ދަރުސްތައް އިންތިޒާމުކޮށް އެޅުވުމުގައި އިސްކޮށް އުޅޭ ފަޠީން ޚާލިދު “އީޓީ” އަށް މަޢުލޫމާތު ދެމުން ބުނީ އޭދަފުށީ ފުޓްބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި އަޅުވާ ދަރުސްތަކަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ފަލަސްޠީނުގެ ހިތާމައިގައި ބައިވެރިވެ، ފަލަސްޠީނާމެދު ލޯބި އިތުކުރުމުގެ ގޮތުން ބާއްވާ ދަރުސްތަކެއް ކަމަށެވެ.”

މިއީ ސިލްސިލާކޮށް ދަރުސްތައް އެޅުމުގެ ފެށުން. އިންޝާ ﷲ އަދި މި ނޫނަސް ސިލްސިލާކޮށް އިތުރު ދަރުސްތަކެއް އެޅުވުމުގެ ގޮތުން ކޮންމެ މަހަކުވެސް މަދުވެގެން ދަރުސެއް އަޅުވާގޮތަށް ހަމަޖެހިފައޮތީ” ފަޠީން ބުންޏެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ މި ދަރުސްތައް އަޅުވަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެޅުވި ޝައިޚް އިލްޔާސް ޙުސައިން ދެއްވަވާފައިވާ “އުއްމަތުގެ ހިތް ފަލަސްޠީން” މި ދަރުހުންނެވެ. އަދި މީގެއިތުރުން ޝައިޚް އާދަމް ޝަމީމު، “ފަލަސްޠީންގެ އުދާސްތައް” މި ނަމުގައި ދެއްވަވާފައިވާ ދަރުސެއްވެސް މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ އަޅުވާފަ އެވެ.

ދަރުސް ބެލުމަށް ވީހާ ގިނަ ބަޔަކު ހާޒިރުވުމަށް ދަރުސްތައް އިންތިޒާމުކުރާ ޒުވާނުންގެ ވަރަށްބޮޑު އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Abdul muhaimin

    ރިޒާ ގެ ކޮމެންޓު ކިޔާލުމުން ދެތިން ކަމެއް ފާހަގަ ކުރެވޭ. އެއްކަމަކީ އޭދަފުށީގެ ރައްޔިތުންނަށް ވަށްބަހުން ދިމާކުރުން. ދެވަނަ ކަމަކީ މާބޮޑަށް ސިޔާސީވެ ޢިލްމްވެރިންނަށް ޤަދަރުކުރަން ފަސްޖެހިލެއްވުން.

    ރައްދު
  2. riza

    ތިޔަ ދަރުސް ދެއްވާ އިލްމުވެރިންނަށްވުރެ ތިޔަ ދަރުސްތައް އަޑުއަހަންދާންތިބި އޭދަފީގެ ރައްޔިތން އިލްމީ ގޮތުން މާފުންނާބު އުސްވާނެ. އަޅުގަނޑަށް ފެންނަފެނުމުގައި ތިޔަދަރުސްތައް އަޑުއަހަން ދާނީ ވަރަށް މަދުބަޔަކު، އެހެންނަވެސް ޒުވާނުންދެ ތިޔަ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަން.. އާމީން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.