ކިހާދޫގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ފަށަނީ

ކިހާދޫގައި މުބާރާތެއްގައި ކުޅޭނީ. އެރަށުގައި ކޯޗިން ކޭމްޕެއް ފެށުމަށްދަނީ ތައްޔާރުވަމުން-- ފޮޓޯ / ކިހާދޫ އޮންލައިން
ކިހާދޫގައި މުބާރާތެއްގައި ކުޅޭނީ. އެރަށުގައި ކޯޗިން ކޭމްޕެއް ފެށުމަށްދަނީ ތައްޔާރުވަމުން– ފޮޓޯ / ކިހާދޫ އޮންލައިން

 

ނޮވެމްބަރުމަހު ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކިހާދޫން މި މުބާރާތަށް ތައްޔާރުވުމަށް އެކުލަވާލި ކޮމެޓީން އިންތިޒާމް ކޮށްގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި ކޭމްޕްގައި އިރުޝާދު ދޭނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކް (ކުޑަމޫސަ) އެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަނުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މިއަހަރު އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން މިއަތޮޅުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.