ގާޒާ ފަންޑަށް ބ. އަތޮޅުންވެސް ބޮޑެތި އެހީތަކެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބެހެއްޓި  ފަންޑް ފޮއްޓަށް ކުއްޖަކު އެހީތެރިކަން ފޯރުކޮށްދެނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބެހެއްޓި ފަންޑް ފޮއްޓަށް ކުއްޖަކު އެހީތެރިކަން ފޯރުކޮށްދެނީ

 

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ މީޑިއާގެ ފަރާތްތައް ގުޅިގެން ޓެލެތޯން ކުރިއަށް ގެންދާ އިރު ބ. އަތޮޅުންވެސް އަންނަނީ ބޮޑެތި އެހީތަކެއް ވަމުންނެވެ.

“ބ. އަތޮޅުގައި ގާޒާ ފަންޑަށް އެހީނުވާ އެކަކުވެސް ނުހުންނާނެ” މި ޝިއާރުގެ ދަށުން ގާޒާ ފަންޑަށް ބ. އަތޮޅު ރައްޔިތުންގެ ނަމުގައި އަތޮޅު ކައުންސިލުން ވަނީ 27،522ރ ހަދިޔާ ކޮށްފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބެހެއްޓި  ފަންޑް ފޮއްޓަށް ކުއްޖަކު އެހީތެރިކަން ފޯރުކޮށްދެނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ބެހެއްޓި ފަންޑް ފޮއްޓަށް ކުއްޖަކު އެހީތެރިކަން ފޯރުކޮށްދެނީ

 

މީގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލު އަދި އަތޮޅު ހޮސްޕިޓަލު މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަވެސް ގާޒާ ފަންޑަށް އެ މުވައްސަސާތަކުން ވަނީ ނިންމާފަ އެވެ.

ގާޒާ ފަންޑަށް އެހީވުމަށް މިއަދި މެންދުރު 2:00 ހަވީރު 6:00 އަށް ބ. އަތޮޅު ތައުލިމީ މަރުކަޒުގައި ބެހެއްޓި ފަންޑު ފޮއްޓަށްވެސް 40,000 ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ގާޒާ ފަންޑަށް އެހީވުމަށް ރަށު ކައުންސިލުން މިއަދު ވަނީ އޭދަފުށީ ހުކުރު މިސްކިތުގައިވެސް ފަންޑް ފޮއްޓެއް ބަހައްޓައިފަ އެވެ. އަދި މިރޭ މިރަށު ފުޓްބޯޅަ ދަނޑޫ ސަރަހައްދުގައިވެސް ހެލްޕް ގާޔާ ފަންޑަށް އެހީވުމަށް ފަންޑް ފޮއްޓެއްވަީ ބަހައްޓައިފަ އެވެ.

 ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ބ. ކެންދޫގައި ބަހައްޓާފައި ހުރި ފަންޑް ފޮއްޓަށް 19093ރ. ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.