ދަތުރުދިޔަ ބައެއްގެ ޑިންގީ ލައްގައި، ރަށަށް އާދެވޭނެގޮތް ނުވެފައި

މިދިޔަ އަހަރު ފަޅު ރަށަކަށް ދަތުރު ދިޔަ ބަޔަކު އެނބުރި - ފައިލް ފޮޓޯރަށަށް ގެންދިއުމުގެ މަސައްކަތް ކުރަނީ

 

ބ. އޭދަފުށިން މިރިޔަންދޫއަށް އަށް މީހުންނާއެކު ދަތުރުދިޔަ ޑިންގީއެއް އެރަށު ފަޅުތެރޭގައި އަޅާފައި އޮއްވާ ގޮނޑުދޮށަށް ލައްގައި ރަށަށް އާދެވޭނެގޮތްނުވެ މަޑުކުރަން ޖެހިއްޖެ އެވެ.

ޑިންގީ އެ ރަށަށް ލެއްގީ އެރަށު ފަޅުތެރޭގައި އަޅާފައި އޮއްވައި މިއަދު މެންދުރުފަހު ތިނެއްޖަހާ އެހާކަންހާއިރު އައި ބާރުގަދަ ވިލާގަނޑެއްގައި ޑިންގީގެ ނަގިލި ކަހާލައިގެން ކަމަށްވެ އެވެ. ޑިންގީ މިހާރު އޮތީ ވަރަށްބޮޑަށް ވަޅުޖެހިފައި ކަމަށްވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ވިލާގަނޑުގެ ވައި އައި އިރު އޭގައި ދަތުރުދިޔަ މީހުންް ތިބީ މިރިޔަންދޫއަށް ފައިބައިގެން ރަށުތެރޭގަ އެެވެ.

ޑިންގީ ސަލާމަތް ކުރުމަށް މިރޭ އިރާކޮޅު މިރަށުން ބަޔަކުވަނީ އެރަށް ފުރައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ރަށަށް ދަތުރުދިޔަ މީހުންގެ ތެރޭގައި އޭދަފުށީގައި ހުރި ބައެއް އޮފީސްތަކުގެ އިސްވެރިން ހިމެެނެ އެވެ.

އޭގައި ދަތުރުދިޔަ މީހުން އަދިވެސް ތިބީ މިރިޔަންދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. jeri

    ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގައި އޮތް ރަށަަކަށް އޭދަފުށިގައި ހުރި ބައެއް އޮފީސްތަކުގެ އިސްވެރިން ދަތުރުގޮސްފައިވަނީ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދައިގެންތޯ؟ މިއީ ވެރިންފެންވަރުގެ ބޭފުޅުން ކުރުން ރަގަޅުކަމެއްތޯ؟ މިގޮތަށް ވެރިން ކަންތައް ކުރުމުން އެހެން ޢާއްމުރައްޔިތުން ކަންތައް ކުރާނީވެސް ހަމަ މިގޮތަށް. މިހާރު މިއޮތީ ޢާއްމުރައްޔިތުންނަށް ދޮރެއް ހުޅުވިފައިދޯ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.