ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން ވަނީ ދިރާގު ބޮޑު ހަދިޔާގެ ނަމުގައި ވަރަށް ޚާއްސަ އިނާމު ދިނުމުގެ ފުރުސަތުތަކަކާއި ޕްރޮމޯޝަންތަކެއް ހުޅުވާލާފަ އެވެ. މިފަދަ ޕްރޮމޯޝަންތައް ކޮންމެ ރަމަޟާންމަހަކު ދިރާގުން ދަނީ ހިންގަމުންނެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ރަމަޟާން މަހު ވީ އެންމެ ގިނަ ކަސްޓަމަރުންނަށް އަގުހުރި ހަދިޔާތަކެއް ދިނުމުގެ މަގުޞަދުގައި ދިރާގުން ވަނީ މި ހަދިޔާ ދެ ބަޔަކަށް ބަހާލާފަ އެވެ. އެގޮތުން ބޮޑު ހަދިޔާ ބެހިފައިވާ ދެބަޔަކީ ‘ދިރާގު ހަފްތާގެ ރޯދަބޮޑު ހަދިޔާ’ އާއި މުޅި ރަމަޟާން މަސްނިމުމުން ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނެގޭ ނަސީބު ވެރިފަރާތަކަށް ދެވޭ ‘ދިރާގު ރޯދަ ބޮޑު ހަދިޔާ’ އެވެ. މީގެ ތެރެއިން ‘ދިރާގު ހަފްތާގެ ރޯދަބޮޑު ހަދިޔާގެ’ ހުރިހާ ނަސީބުވެރިން މިހާރު މިވަނީ ހޮވާ އަދި އިނާމުވެސް ހަވާލުކޮށް ނިމިފަ އެވެ.
ދިރާގު ރޯދަ އެންމެ ބޮޑު ހަދިޔާގެ ނަސީބުވެރިފަރާތް ހޮވާނީ އޮގަސްޓް މަހުގެ އެންމެ ފަހު ހަފްތާ ތެރޭގައެވެ.
ރާގު އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދް ޖަލީލް ވިދާޅުވީ، ‘ބަރަކާތްތެރި ރަމަޟާންމަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ދިރާގު ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝާންތަކެއް ހިންގަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ބަލާފައިވާނީ ވޭތުވެ ދިޔަ އަހަރުތާކާއި ތަފާތުކޮށް، އެހެންނަމަވެސް ކަސްޓަމަރުން އެންމެ ބޭނުންޕުޅުވާނެ ގޮތަށް ޕްރޮމޯޝަންތަކެއް ބައްޓަންކޮށްގެން ކުރިއަށް ގެންދެވޭތޯކަމަށެވެ.
“އަޅުގަނޑުމެން މިފަހަރުގެ އިނާމުތައް ކަނޑައަޅާފައިވާނީ އެކި އުމުރުފުރައިގެ ކަސްޓަމަރުންގެ މައްޗަށް އެކުލެވޭ ތަފާތު ފޯކަސް ގްރޫޕްތައް އެކުލަވާލައި އެ ގްރޫޕްތަކުން ހުށަހަޅާފައިވާ ޚިޔާލުހޯދާ، ގިނަ ދިރާސާތަކެއް ކުރުމަށް ފަހު. އަދި އެންމެ ފެންވަރު ރަނގަޅު އިންޓަނޭޝަނަލް ބްރޭންޑްތައް ރާއްޖޭގައި ގެންގުޅުއްވާ ފުންނާބު އުސް ދެ ކުންފުންނި ކަމަށްވާ އީވޯ ހޯމްއާއި އެލިއާ އިންވެސްޓްމެންޓާއި އެކު ޕާޓްނާޝިޕެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ފެންވަރު ރަނގަޅު އިނާމުތައް ވޮރަންޓީއާއި އެކު ފޯރުކޮށްދިނުން،” އިމްޖާދު ވިދާޅުވި އެވެ.
މިފަހަރު ދިރާގު ކަސްޓަމަރުންގެ ތެރޭން ހޮވޭ ނަސީބު ވެރި ފަރާތަކަށް ކޮންމެ ހަފްތާއަކު ޔަމަހާ ބްރޭންޑުގެ ސައިކަލެއް އަދި މުޅި މަސްނިމުމުން ތިން ކޮޓަރީގެ ފްލެޓެއް މުޅިން އައު ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
“މިއީ މިފަހަރު ރާއްޖޭގައި ދެވޭ އެންމެ އަގު ހުރި ރޯދަ ހަދިޔާކަން ފާހަގަ ކޮށްލަން ބޭނުން. ދިރާގު ރޯދަހަދިޔާ 2014 އާއި ދޭތެރޭ ހުރިހާ ކަސްޓަމަރުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިންނަވާނެ ކަމަށް އުއްމީދު ކުރަން،” އިމްޖާދު ވިދާޅުވި އެވެ.
ދިރާގު ރޯދަ އެންމެ ބޮޑު ހަދިޔާ
ދިރާގު ރޯދަ އެންމެ ބޮޑު ހަދިޔާއަކީ 50،0000ރ (ބައި މިލިއަން) ރުފިޔާގެ އަގުހުރި އިނާމެކެވެ. މި އިނާމު ހުށަހަޅުއްވާފައިވަނީ އީވޯހޯމްގެ ފަރާތުންނެވެ.
މި އިނާމު ލިބިވަޑައިންނަވާ ބޭފުޅަކަށް ތިން ކޮޓަރީގެ ފްލެޓެއް މުޅިން އައު ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެވެ. ތިން ކޮޓަރިއަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި، ތިން ފާހާނައިގައި ވާ ހުރިހާ އާލާއިތަކެއް އާކުރުމާއި، ސިޓިންގް ރޫމަށް ބޭނުންވާނެ ހުރިހާ ފަރުނީޗަރަކާއި ޓީވީ ސިސްޓަމާއި ސައުންޑް ސިސްޓަމް އަދި ބަދިގެއެއް ޑިޒައިންކޮށް ޔޫރަޕުން ފަރުމާކޮށްގެން ގެންގޮސްދިނުން ހިމެނެއެވެ. އީވޯ ހޯމްގެ ފަރާތުން ފޯރުކޮށްދޭ އިނާމު ތަކަކީ މުޅިންވެސް ޔޫރަޕްގެ އެންމެ މަޝްހޫރު ބްރޭންޑުތަކުގެ ޕްރޮޑަކްޓު ތަކެވެ.
އީވޯ ހޯމް ގެ މެނޭޖިން ޑިރެކްޓަރު މުހުތާރު ސައީދު ވިދާޅުވީ ބަރަކާތްތެރި ރަމަޟާންމަހާއި ގުޅިގެން ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބައިވެރިވެ، މިފަދަ ރޯދަ ހަދިޔާއެއް ދިނުމުގެ ފުރުސަތު އީވޯ ހޯމަށް ލިބިގެން ދިޔަކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
“ރާއްޖޭގެ އެންމެގިނަ ކަސްޓަމަރުން ބޭނުން ކުރަމުން ގެންދާ ނެޓްވާކަކީ ދިރާގުކަމާއި ދޭތެރޭ ޝައްކެއްނެތް. އެގޮތުން ދިރާގުގެ އެތައް ލައްކަ ކަސްޓަމަރުންގެ ތެރޭން ނެގޭ ނަސީބުވެރިފަރާތަކަށް މިފަދަ ރޯދަ ހަދިޔާއެއް ދިނުމުގެ ފުރުސަތު އީވޯ ހޯމަށް ލިބިގެން ދިޔަކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް އަދި މިފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،”
މުހުތާރު ވިދާޅުވީ އީވޯ ހޯމްގެ ފަރާތުން މިދޭ 3ން ކޮޓަރީގެ މުޅި ގެ އާ ކޮށްލުމުގެ ފުރުސަތާއި ދޭތެރޭ ހުރިހާ ބޭފުޅުންވެސް ހިތްޖަމަ ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މުޅިންވެސް ހުންނާނީ ޔޫރަޕްގެ އެންމެ ޓޮޕް ބްރޭންޑުތަކުގެ ސާމާނުތައް ވިއްކަމުންގެންދާ އީވީ ހޯމް އިން ދިވެހިންނާއި ހަމަޔަށް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަތާ މިވަނީ ގާތްގަނޑަކަށް އެއް އަހަރުވެފަ އެެވެ.
ދިރާގު އެންމެ ބޮޑު ހަދިޔާ ލިބިވަޑައިގަންނަވާނީ މުޅި ރަމަޟާން މަހު 150ރ ދިރާގު ހިދުމަތްތަކަށް ހޭދަކުރަށްވާ ކަސްޓަމަރުންގެ ތެރޭގައި ނެގޭ ލަކީޑްރޯ އަކުންނެވެ. ލަކީ ޑްރޯ ގައި ހޭދަކުރަށްވާ ކޮންމެ 150ރ އަކުން އެ ކަސްޓަމަރެއްގެ ހިދުމަތުގެ ނަންބަރު ހިމެނިގެންދާނެ އެވެ. ދިރާގުގެ ހިދުމަތަކަށް 150ރ އަށް ވުރެން ބޮޑު އަދަދެއް މަހުފީގެ ގޮތުގައި ދައްކަވާ ފަރާތްތައް ވަގުތުން މި ލަކީ ޑްރޯތެރޭގައި ހިމެނިގެން ދާނެ އެވެ.