ހޮނިހިރު ދުވަސްތަކުގައި ކިޔަވައިނުދޭ ގޮތަށް ނިންމައިފި

ބ.
ބ. އަތޮޅު ތައުލީމީ މަރުކަޒު

 

ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމާ ގުޅިގެން ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ނަގައިދިނުމަށް ބައެއް ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް ކިޔަވެން ބާއްވަން ހަމަޖެއްސި ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދިނުން ނުބާއްވާގޮތަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ހަމަޖައްސައިފި އެވެ.

އެ ސްކޫލުން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖެއްސީ ހޮނިހިރު ދުވަސްތަކުގައި ކިޔަވައި ނުދިނަސް ޕްރައިމަރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ސިލަބަސް ކަވަރުވާނެ ކަމަށް ފެންނާތީ ކަމަށެވެ. އެހެން ނަމަވެސް ގްރޭޑް 8 އަދި 9 ގެ ސިލަބަސް ކަވަރު ކުރުމަށްޓަކައި އިތުރު ގަޑީގެ ގޮތުގައި ކްލާސްތަކެއް ޔުނިޓް ޓެސްޓްގެ ފަހުން އިންތިޒާމު ކުރާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި ޓާމް ނިމެންދެން ބައެއް ހޮނިހިރު ދުވަސްތަކުގައި ކިޔަވައިދޭ ގޮތަށް ހަމަޖެއްސުމާ ގުޅިގެން މިމަހުގެ 16 ވީ ހޮނިހިރު ދުވަހު އެ ސްކޫލުގަިއ ވަނީ ކިޔަވައިދީފަ އެވެ.

ތައުލީމީ ކަލަންޑަރުގައި މިޑް ޓާމް ބަންދުގެ ގޮތުގައި ކުރިން ކަނޑައެޅީ އޮގަސްޓް 24-28 އާ ހަމައަށެވެ. އެކަމަކު ރޯދަ މަހުގެ ފަހު ހަފުތާ އަކީ މިޑް ޓާމް ބަންދު ދުވަސްތަކުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅުމާ އެކު މި ޓާމްގައި ދަރިވަރުންނަށް ބަންދެއް ނުލިބޭނެ އެވެ.

ސްކޫލްތަކުގެ ކިޔެވުން ރޯދަ މަހު ވަގުތީ ގޮތުން މެދުކަނޑާލީ ކުޑަ ވަގުތުކޮޅަކަށް ދަރިވަރުން ސްކޫލަށް ފޮނުވައިގެން އެދެވޭ ނަތީޖާ ހާސިލްނުވާނެ ކަމަށް ފެންނާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ކިޔެވުން މެދުކަނޑާލި ނަމަވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10-12 ގެ ދަރިވަރުންނަށް ރޯދަ މަހު ކިޔެވުން ކުރިއަށް ގެންދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.