ވަފާ ޖަމިއްޔާގެ އީދު ކުޅިވަރުތައް މިއަހަރުވެސް އޮންނާނެ

އީދު ފާހަގަ ކުރުމަށް ވަފާއިން މިދިޔަ އަހަރު ބޭއްވި ދެލި މާލި ހަރަކާތުގެ ތެރެއިން-- ފޮޓޯ / އަބޫ ޔައުލާ
އީދު ފާހަގަ ކުރުމަށް ވަފާއިން މިދިޔަ އަހަރު ބޭއްވި ދެލި މާލި ހަރަކާތުގެ ތެރެއިން– ފޮޓޯ / އަބޫ ޔައުލާ

 

ކޮންމެ އަހަރެއްގެވެސް އަޟްހާ އީދު ބަންދުގައި އޭދަފުށީ ވަފާ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އީދު ކުޅިވަރުތައް މިއަހަރުވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ވަފާ ޖަމްއިއްޔާއިން ބުނީ މިއަހަރުގެ އީދު ކުޅިވަރުތަކަށް މީގެ މަހެއްހާ ދުވަސްކުރިން އެ ޖަމްއިއްޔާއިން ތައްޔާރުވާން ފަށާފައިވާ ކަމަށާއި މިއަހަރުގެ ކުޅިވަރުތައް ކުރީ އަހަރަށްވުރެ ފޯރި ގަދަވާނެ ކަމަށެވެ.

އެގޮތުން އެންމެ ކުރިން ފެށިގެން އެ ޖަމްއިއްޔާއިން އީދު ފާހަގަކުރުމުގެ ގޮތުން ކުޅެމުން އަންނަ ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކޯޑި ކެނޑުމާއި، އަންހެންގެ ކޯޑި ނެގުމާއި ދެލިމާލިި ނެށުންތަކުގެ އިތުރުން ބޮޑުމަސް ކުޅުންވެސް މިއަހަރު ބާއްވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި “އައްޑަނަ ތިންމުގޯލި” މުބާރާތާއި “އައްޑަނަ ހިފުން” ވާދެމުންވެސް މިއަހަރުގެ ބޮޑޑުއީދުގައި ބޭއްވުމަށް އެ ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ.

ވަފާއިން ބުނީ މިއަހަރު އީދު ކުޅިވަރުތަކުގައިވެސް މުޅިންވެސް ފެނިގެންދާނީ ޒުވާނުން ކަމަށައި މޫސުން ތަންދޭނަމަ އެ ޖަމިއްޔާގެ މިއުޒިކް ބޭންޑުގެ ހަރަކާތްތައްވެސް ކޮންމެ ރެއަކުވެސް ކުރިއަށްދާނެ ކަމަށެވެ.

ވަފާ ޖަމިއްޔާއިން އީދު ކުޅިވަރުތައް މިއަދު އިއުލާން ކޮށްފައިވާއިރު، އޭދަފުށީ ކްލަބް ޖަމިއްޔާތަކާއި އާއްމުން ގުޅިގެން “އީދު ފެސްޓިވަލް” ގެ ނަމުގައި ވެސް އީދު ކުޅިވަރުތަކެއް ބޭއްވުމަށްދަނީ ތައްޔާރު ވަމުންނެވެ.

ވަފާ އިން އީދު ފެސްޓިވަލުގައި ބައިވެރިނުވީ އީދު ކުޅިވަރު ފެސްޓިވަލު އިންތިޒާމުކުރި ފަރާތުން އެކަމާގުޅޭގޮތުން ވަފާ ޖަމިއްޔާއާއެކު މާ ބޮޑު މަޝްވަރާތަކެއް ކޮށްފައި ނުވާތީ ހިޔާލު ތަފާތުވުން ތަކެއް އުފެދިގެން ކަމަށްވެ އެވެ.

ވަފާ ޖަމްއިއްޔާއިން ކޮންމެ އަހަރަކުވެސް އީދު އީދާ ދިމާކޮށް ސަގާފީ ކުޅިވަރުތައްދަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.