ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަކީ ވާޖިބު ކަމެއް: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: -- ފޮޓޯ: މަޖިލިސް
އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމް: — ފޮޓޯ: މަޖިލިސް

 

ޤާނޫނު އަސާސީ ބަދަލު ކޮށްގެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޔާމީން އަބްދުލްޤައްޔޫމް އުމުރަށް ވެރިކަމުގައި ހުންނެވޭނެ ގޮތެއް ހަދަން އެބަޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ބަޑި ބޭހުގެ ކުޅިވަރާއި ބޮޑު ބެރުގެ ހަރަކާތްތަކާއި އެކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ފާސްވުމާއި ގުޅިގެން ރޭ އާރޓީފިޝަލް ބީޗްގައި ބޭއްވި ކުލަގަދަ ހަފްލާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޔާމިން ވެރިކަމުގައި އުމުރަށް ހުންނަވަން ކޮންމެހެން ވެސް އެބަޖެހޭ ކަމަށާއި އެގޮތުން ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ނަމަވެސް ވެރިކަމުގައި ރައީސް ޔާމިން ބެހެއްޓުމަކީ ވާޖިބު ކަމެއް ވިދާޅުވިއެވެ.

އެގޮތުން އެސްއީޒެޑްގެ ބިލް ފާސްވެގެން ދިޔުމަކީ ރައީސް ޔާމިން ވެރިކަމުގައި ދެމިހުންނަވަން ޖެހޭ އެއް ސަބަބު ކަމަށާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާ ސަރުކާރަކީ ރައީސް ޔާމިންގެ ސަރުކާރު ކަމަށް ބުނެ ރައީސް ޔާމީނުގެ އިތުރުން އެމަނިކުފާނުގެ އަނބިކަބަލުންނަށް ވެސް ތައުރީފް ކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީން 300 އަށް ވުރެ ގިނަ އިސްލާޙްތައް ހުށަހެޅި އެސްއީޒެޑްގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީގެ އިސްލާހްތައް ބޭރު ކޮށްލުމަށް ފަހު ސަރުކާރުން ބޭނުންވި ގޮތަށެވެ. (ޚަބަރު / ރާއްޖެޑޮޓް އެމްވީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.