ކުނި މެނޭޖް ކުރަން ބޭނުންވާ ސާމާނު ބ. އަތޮޅާ ހަވާލުކޮށްފި

ކުނި މެނޭޖް ކުރުމަށް ބޭނުންކުރާ ސާމާނުތައް ހަވާލު ކުރިކަމުގެ ލިޔުން ބ. އަތޮޅު ކައުންސިލާ ހަވާލުކުރަނީ—ފޮޓޯ / ހަވީރު އޮންލައިން
ކުނި މެނޭޖް ކުރުމަށް ބޭނުންކުރާ ސާމާނުތައް ހަވާލު ކުރިކަމުގެ ލިޔުން ބ. އަތޮޅު ކައުންސިލާ ހަވާލުކުރަނީ—ފޮޓޯ / ހަވީރު އޮންލައިން

 

ކުނި މެނޭޖް ކުރަން ބޭނުންވާ ސާމާނު ބ. އަތޮޅުގެ ހުރިހާ ރަށްރަށަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލު ކުރި ކަމުގެ ލިޔުން މިއަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލުއާ ހަވާލުކޮށް ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

މޯލްޑިވްސް އެންވަޔަރްމެންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓާއި އަރިއެޓޯލް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގެ އިތުރުން އިތުރު ފަސް އަތޮޅެއްގެ 37 ރަށަކަށް ކުނި މެނޭޖް ކުރަން ބޭނުންވާ ސާމާނުތައް ވަނީ ހަވާލުކޮށްފައެވެ.

ުނި މެނޭޖް ކުރަން ބޭނުންވާ ސާމާނުތައް ހަވާލުކުރި ކަމުގެ ލިޔުން ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ހަވީރު އޮންލައިން
ުނި މެނޭޖް ކުރަން ބޭނުންވާ ސާމާނުތައް ހަވާލުކުރި ކަމުގެ ލިޔުން ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ / ހަވީރު އޮންލައިން

 

ހަތް މިލިއަން ރުފިޔާގެ އެ ތަކެތި ހަވާލުކޮށް ދެއްވުމަށް ފަހު މިނިސްޓަރު ތޯރިގް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ ތަކެތި ފޯރުކޮށްދިން ރަށްރަށުން އޭގެ ފުރިހަމަ ބޭނުންކޮށް، އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުގެ ކިބައިން މިނިސްޓަރު ތޯރިގް އެދިވަޑައިގަތެވެ.

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު އެ ރަށްރަށަށް ފޯރުކޮށް ދިނުމަށް ވިންލޭންޑް ޕްރައިވެޓް ލިމިޓެޑާއި އެކު އެއްބަސްވުމެއްގައި ވެސް ބުރާސްފަތި ދުވަހު ސޮއިކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.