ދިރާގުން މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ / ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / ދިރާގު

މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕ (ޑެޕް) ގެ މިއަހަރުގެ ޕުރޮގުރާމް ފަށައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ އެއް އަހަރާއި ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމަށް މިއަހަރު އަލަށް ހޮވުނު 12 ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެ ކުދިންނަށް އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަހީދު އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ސީއީއޯ އިސްމާއިލް ވަހީދު ލިޔުން ހަވާލުކޮށް ދެއްވަނީ.--ފޮޓޯ / ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ސީއީއޯ އިސްމާއިލް ވަހީދު ލިޔުން ހަވާލުކޮށް ދެއްވަނީ.–ފޮޓޯ / ދިރާގު

މިއަހަރުގެ ޕްރޮގްރާމްގައި އެ ޕްރޮގުރާމްގެ ދަށުން ދެ ވަނަ އަހަރު ފުރިހަމަކުރާ 17 ޒުވާނަކު ވެސް ބައިވެރިވެ އެވެ. އެ ޕްރޮގުރާމްގައި ބައިވެރިވި ކުދިން މާލެއާއި އަތޮޅުތެރޭގައި ވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ، މިއަހަރުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް 60 ކުދިން އެދުނު ކަމަށާއި އަދި އޭގެ ތެރެއިން ހޮވުނު 12 ކުދިންނަކީ ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. މިއީ އެ 12 ކުދިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ރަނުގެ ފުރުސަތެއްކަމަށް އިސްމާއިލް ވިދާޅުވި އެވެ.

“މި ޕްރޮގްރާމް ރޭވިފައިވާ ގޮތުން މީގައި ހަމައެކަނި ހިމެނީ މަސައްކަތުގެ ތަޖުރިބާ ދިނުމެއް ނޫން. މިއީ ވަރަށް ސްޓްރިކްޓްކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. މީގެ ތެރޭގައި ސްޓްރަކްޗާ ޓްރެއިން ހިމެނޭ. މީގެ ތެރޭގައި މަސައްކަތުގެ އަހުލާގު ދަސްކޮށް ދިނުން ހިމެނޭ. އެކި ދާއިރާތަކުން ތަޖުރިބާ ދިނުން ވެސް ހިމެނޭ،” އިސްމާއިލް ވިދާޅުވި އެވެ.

ދިރާގު ފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ގިނަ މަސައްކަތްތަކެއް ދަސްވެގެންދާނެ ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް 98 ކުދިން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.