އެއް ސަރަހައްދެއްގައި އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ސްޓޭޑިއަމްގައި އީދު ނަމާދުކުރަނީ: އޭދަފުށީގައި އެއް މައިދާޏެއްގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ދަ ބިގިނާސް އިން ދަނީ ހަމަޖައްސަމުން-- ހަވީރު ފައިލް ފޮޓޯ
ސްޓޭޑިއަމްގައި އީދު ނަމާދުކުރަނީ: އޭދަފުށީގައި އެއް މައިދާޏެއްގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ދަ ބިގިނާސް އިން ދަނީ ހަމަޖައްސަމުން– ހަވީރު ފައިލް ފޮޓޯ

 

ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވެ، އަޟްހާ އީދު ނަމާދު ކުރުމުގެ ގޮތުން އޭދަފުށީގައި އަޟްހާ އީދު ނަމާދު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެތަނުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސީ އޭދަފުށީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ދަ ބިގިނާސް އާއި އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ.

ކްލަބް ދަ ބިގިނާސްގެ ރައީސް އަލީ ޝަފީގު ވިދާޅުވީ ފުޓްބޯޅަ ދަނޑުގައި އަޟްހާ އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، މިރަށުގައި މީގެ ކުރިން އީދު ނަމާދު ކުރާ ދެ މިސްކިތުގައިވެސް މިފަހަރު އަޟްހާ އީދު ނަމާދު ނުކުރާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށެވެ.

“މިދިޔަ އަހަރު ވެސް އަޅުގަނޑުމެން އީދު ނަމާދު ބާއްވަން ހަމަޖެއްސީ ފުޓްބޯޅަ ދަނޑުގައި. އެހެން ނަމަވެސް އެންމެފަހު ވަގުތު ކައުންސިލުން މިސްކިތްތަކުގައި އީދު ނަމާދުކުރާގޮތަށް ހަމަޖެއްސުމާ ގުޅިގެން ނުބޭއްވުނީ. އެހެން ނަމަވެސް އިރާކުރެއްވިއްޔާ މިފަހަރު މޫސުން ތަން ދީފި ނަމަ އެއް މައިދާނުގައި އީދު ނަމާދުކުރާނެ،” އަލީ ޝަފީގް ވިދާޅުވި އެވެ.

އެއް މައިދާނުގައި އީދު ނަމާދުކުރުމަށް ބޭނުންވާނެ ސައުންޑް ސިސްޓަމާއި އެ ސަރަހައްދު ތައްޔާރުކުރުމަށް ބޭނުންވާ ބައެއް ތަކެތިވެސް މިހާރު ލިބިފައިވާ ކަމަށްވެސް ދަ ބިގިނާސް އިން ބުންޏެވެ.

“މިއީ އަޅުގަނޑުމެން ވަރަށް މާތް މަގުސަދެއްގައި ކުރާ ކަމެއް.  ބޭނުމަކީ ވީހާ ވެސް ގިނަ ބަޔަކު އެއް ތަނެއްގައި އީދު ނަމާދުކޮށް ސަލާން ގަލާންކޮށް ހަދައި އެއްބައިވަންތަކަން އާލާ ކުރުން. އަޅުގަނޑުމެން ލަފާ ކުރަނީ މަދުވެގެން 1500 އެއްހާ މީހުން އެ މައިދާނުގައި އީދު ނަމާދު ކުރާނެ ކަމަށް. އެތަނުގައި އަޅުގަނޑުމެން ހަމަޖައްސާނަން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމްތައް ވެސް.” އަލީ ޝަފީގު ވިދާޅުވި އެވެ.

ދަ ބިގިނާސް އިން ވަނީ ނަމާދަށް ފަހު ފިހިހިއްޕެވުމެއް ބޭއްވުމަށްޓަކައި އެ ކަންތައްތަކަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފަ އެވެ.

ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި އީދު ނަމާދު ބާއްވަމުން އަންނަނީ ބޮޑެތި ހުސްބިންތަކުގަ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އޭދފުށި ބޯއީ

    ތިކަން ކުރުން މާ ބޮޑަށްވެސް ލަސްވެއްޖެ. މިދިޔަ ކުޑަ އީދު ގަވެސް އީދު ނަމާދަށްގޮސް ލަނޑުވެސް ގަތް. އަންހެނުންނާއި ފިރިހެނުން އެއްވެ ހީވަނީ އެހެން ކަމެއްހެން. ހަގީގަތުގަިއ މިކަމުގައި ކްލަބް ޖަމިއްޔާ ތަކަށްވުރެ ކައުންސިލުން ފުރަތަމަ ވެސް އިސްނެގުން މުހިއްމު. ޓީބީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.