ބ. އޭދަފުށީ އަމިއްލަ މީހެއްގެ ގެއެއް ވިއްކާލަން އިއުލާން ކޮށްފި އެވެ.
ވިއްކާލަން “ސަން ސްޓޯރު” ގައި އިއުލާން ކޮށްފައިވަނީ އޭދަފުށީ ޕޮލިސް ސްޓޭޝަން ހުންނަ މަގުގައި ހުރި “ރަތްކަށިމާގެ” އެވެ.
އާޖެންޓް ކޮށް ވިއްކާލާ ގޯއްޗެއްގެ ގޮތުގައި 3600 އަކަފޫޓްގެ އެ ގޯތި ވިއްލާލަން އިއުލާން ކޮށްފައިވަނީ ތިން މިލިއަން ރުފިޔާއަށެވެ.
ގޭގެ ވެރިފަރާތުން ބުނީ ދެ މަގަށްވާގޮތަށް މިހާރުވެސް އިމާރާތް ކުރެވިފައިވާ ފަސް ކޮޓަރި އެ ޓޭޗް ފާހާނާ އާއެކު ހަދާފައިހުރި އެ ގޯތި ވިއްކާލަނީ ރަށުގައި ދިރިއުޅެން ގަސްތު ނުކުރާތީ ކަމަށެވެ. އޭނާ ބުނީ އެ ގޯތި ގަންނަން ބޭނުންވާ ފަރާތްތަކުން 9192255 އާ ގުޅުމަށެވެ.
ހުޅަނގު ސަރަޙައްދުގައި ވެސް ޕޮލިސް ސްޓޭޝަނެއް ހުރޭތަ…؟ ލިޔުން ކިޔާލިއިރު އެކަހަލަ އެއްޗެއް ހީވި…!! /: