ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ހޮނިހިރު ދުވަހުގެރޭ

ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން-- ފައިލް ފޮޓޯ
ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން– ފައިލް ފޮޓޯ

ފާތުމަތު ޒުހުދާ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ގައުމީ ޔުނިވަސީޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިމާދު ވިދާޅުވީ ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 138 ދަރިވަރުންނަށް އިނާމު ދޭނެ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެންމެ މޮޅު އޯލެވެވް އަދި މިއަހަރުގެ އެންމެ މޮޅު އޭލެވެލް ދަރިވަރުގެ އިތުރަށް ނެޝަނަލް އެވޯޑް ހޯދި ކުދިންނަށާއި އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 6 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް އިނާމު ދޭނެ ކަމަށް އިމާދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި 2012 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ސާނަވީ ދަރިވަރަކަށް ޔަމާން އަހްމަދު އަދި އެންމެ މޮޅު މަތީ ސާނަވީ ދަރިވަރަކަށް ހޮވިފައިވަނީ އަލީ އަރުޝަމް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.