ބީއެމްއެލްއިން ބ. އަތޮޅުގެ ތިން ރަށަކަށް އީސީޖީ މެޝިން ހަދިޔާކޮށްފި

ބީއެމްއެލްގެ ފަރާތުން ބ. އަތޮޅުގެ ތިން ރަށަކަށް ދޭ އީސީޖީ މެސިން ބ. އަތޮޅު ހޮސްޕިޓަލާ ހަވާލުކޮށް ދެނީ -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ފަރާތުން ބ. އަތޮޅުގެ ތިން ރަށަކަށް ދޭ އީސީޖީ މެސިން ބ. އަތޮޅު ހޮސްޕިޓަލާ ހަވާލުކޮށް ދެނީ — ފޮޓޯ: ބީއެމްއެލް

 

ބޭންކް އޮފް މޯލްޑިވްސް އިން ބ. އަތޮޅުގެ ތިން ރަށަކަށް އީސީޖީ މެޝިން ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އީސީޖީ މެޝިން ހަދިޔާ ކުރީ މިއަތޮޅު ހޮސްޕިޓަލަށާއި ކެންދޫ އަދި ގޮއިދޫ ސިއްހީ މަރުކަޒަށެވެ.

ބީއެމްއެލްގެ ފަރާތުން އެތަކެތި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މރ. އެންޑްރޫ ހީލީ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބީއެމްއެލް އިން ވެދެއްވި އެހީއަކީ ނަމޫނާއެއްކަމަށް ބަލައި އެހެން ފަރާތްތަކުންވެސް ސިއްހީ ދާއިރާއަށް ކުރިމަގުގައި އެހީތެރިވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި ޑައިރެކޓަރު މރ. އެންޑްރޫ ވިދާޅުވީ އެ ކުންފުނީގެ މި އެހީގެ ސަބަބުން މިއަތޮޅުގެ މި ތިންރަށުގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިރަށްތަކުގެ ސިއްހީ ހިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ފުރިހަމަގޮތުގައި ދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ކޮންމެހެން މުހިއްމުކަމަށާއި ނަމަވެސް ބަލިމީހުންނަށް އޯގާތެރިކަމާއެކު ހިދުމަތް ދިނުމަށް އިސްކަން ދިނުންވެސް އެހާމެ މުހިއްމެވެ.

ބީއެމްއެލް އިން ބުނީ ބ. އަތޮޅު ހޮސްޕިޓަލަށް މިދިން އެހީއަކީ މިއަހަރުގެ ސިއްހަތުދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީން ހޮވި އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލުގެ އެވޯޑް އެ ހޮސްޕިޓަލަށް ލިބުމާގުޅިގެން އެ ކުންފުނިން ދިން އެހީއެއް ކަމަށެވެ.

މިތަކެތި ހަވާޅުކުރުމަށް އަތޮޅު ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ބައެއް ވެރިންގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުންނާއި އަތޮޅުކައުންސިލާއި ރަށޫ ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.