ބއތމގެ އެންމެ މޮޅު ދަރިވަރަކަށް އިޒްހަތު އާއި ނަޖްމާ

މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ސެކަންޑަރީ ބައިން ހޮވުނު، އިޒްހަތު (ކ) އަދި ހަޔާ ސެކަންޑަރީ ބައިން އެއްވަނަ ދަރިވަރު ބ. ކިހާދޫ ރޯޝަނީގޭ، އާމިނަތު ނަޖްމާ
މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ސެކަންޑަރީ ބައިން ހޮވުނު، އިޒްހަތު (ކ) އަދި ހަޔާ ސެކަންޑަރީ ބައިން އެއްވަނަ ދަރިވަރު ބ. ކިހާދޫ ރޯޝަނީގޭ، އާމިނަތު ނަޖްމާ

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ސެކަންޑަރީ ބައިން އޭދަފުށީ، އިރުދޭމާގޭ އިޒްހަތު ޝަމީމް އަދި ހަޔާ ސެކަންޑަރީ ބައިން ބ. ކިހާދޫ ރޯޝަނީގޭ، އާމިނަތު ނަޖްމާ ހޮވައިފި އެވެ.

ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން، އިޒްހަތު ވަނީ މިދިޔަ އަހަރުގެ އޯލެވެލް ގަދަ ދިހައެއްގެ އެއް ވަނާގައި ހިމެނިފަ އެވެ. އަދި ހަޔާ ސެކަންޑްރީ ބައިން މޮޅު ދަރިވަރުގެ މަގާމު ހޯދި ނަޖްމާ ވަނީ މިއަހަރުގެ އޭލެވެލް އިމްތިހާނުން ގަދަ ދިހައެއްގެ ދެވަނައިގައި ހިމެނޭ ފެންވަރަށް ފާސްހޯދާފަ އެވެ.

އެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ސްކޫލުން ހުށަހެޅި އިނާމުތައް ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ކިޔެވުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އަޅުގަނޑުމެން ކިޔެވުމުގެ ސަބަބުން މަސައްކަތްތެރި ކަމާއި ހިތްވަރާއި ދުނިޔޭގައި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ބިނާ ކުރުން ކަމަށެވެ. އަދި މިއަދު ބޭނުންވަނީ އުނގެނިގެންތިބެ މަސައްތަކުރާ ޖީލެއް ކަމަށްވެސް ޗާންސެލަރު ވިދާޅުވި އެވެ.

ޑރ. ޒާހިރު ހުސައިން ވިދާޅުވި ގޮތުގައި އިންސާނުން ބިނާ ކުރުމަކީ ކޮންމެ ގައުމުގެއްގައިވެސް އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށާއި ކުރިއަރަމުންދާ ދުނިޔެއެއްގައި ދަރިވަރުން ސަލާމަތްވާނީ ގަދަ އަޅާ މަސައްކަތް ކޮށްގެންނެވެ.

އިޒްހަތު އާދި ނަޖްމާގެ އިތުރުން ވެސް އެކި ގްރޭޑްތަކުން ވަނަތައް ހޯދި ދަރިވަރުންނާއި މިދިޔަ އަހަރުގެ އޯލެވެލް އާއި އޭލެވެލް އިމްތިހާނުން ކާމިޔާބީތައް ހޯދި ދަރިވަރުންނަށް ރޭ ވަނީ އިނާމު ދީފަ އެވެ.

އެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް އަބްދުﷲ ނާޒިމް އާއި ފެކަލްޓީ އޮފް އެޑިޔުޚޭޝަންގެ ޑީން އަބްދުއްރަޝީދު އަލީ އާއި ރަށުގެ އެހެން ދާއިރާތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ކާމިޔާބީ ލިބުނު ހުރިހާ ދަރިވަރުންނަށް މަރުޙަބާ! ކާމިޔާބީ ނުލިބުނު ދަރިވަރުންވެސް މަސައްކަތާގެން އިތުރު ހިތްވަރާއެކު ކުރިޔަށް ދިއުމަށް ޢަޒުމް ކަނޑައަޅާ…

    ރައްދު
  2. Kihaadhoo ބަތްޕޮޅި

    ޢަބްދުއްރަޝީދު ޢަލީ އަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑިން އެއްނޫނެވެ. ފެކަލްޓީ އޮފް އާރޓސް ގެ ޑީން އެވެ. އިސްލާހު ކޮލައްވާ… މިކޮމެންޓް ޖަހާނެބާ!!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.