ބ. ހިތާދޫގައި ހިންގާ މޯލްޑިވްސް ޗިކަން ފާމުން އަންނަ އަޟްހާ އީދާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މޯލްޑިވްސް ޗިކަން ފާމުގެ މެނޭޖަރު މުޙަމަދު ނަޞީރު ވިދާޅުވީ މިއީ އީދާ ދިމާކޮށް ހެޔޮއަގުގައި އީދުގެ ސުފުރާމަތި ފަޅުފިލުވައިލުމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން އެ ފާމުން ފެށި ޕްރޮމޯޝަނެއް ކަމަށެވެ.
މި ޕްރޮމޯޝަނުގައި ކުކުޅު ކިލޯއެއް ވިއްކަނީ 100ރ އަށެވެ. ޕްރޮމޯޝަން ފެށޫމުގެ ކުރިން ކުކުޅު ކިލޯއެއް ވިއްކާފައިވަނީ 150 ރ. އަށެވެ.
މޯލްޑިވްސް ޗިކަން ފާމުން ބުނީ ބުނީ މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.