ވިލާ ކޮލެޖް ޓޮޕް އެޗީވާސް ވީސީއީސީގެ ތިން ދަރިވަރަކަށް

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޓޮޕް އެޗީވާސްގައި ވީސީއީސީން ހިމެނުނު ތިން ދަރިވަރުން
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޓޮޕް އެޗީވާސްގައި ވީސީއީސީން ހިމެނުނު ތިން ދަރިވަރުން

 

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޓޮޕް އެޗީވާސްގެ ތެރޭގައި ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގެ ތިން ދަރިވަރަކު ހިމެނިއްޖެ އެވެ.

ވިލާ ކޮލެޖް ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް ޓޮޕް އެޗީވާސް އޭދަފުށީ ކެމްޕަހުން ލިބުނީ ބެޗެލާ އޮފް އެކައުންޓިން އިން ހަސަން ނަސީހު އަށާއި ސަފްނާ އަބްދުލްފައްތާހުގެ އިތުރުން މާސްޓާޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން އަބްދުލް މަތީން އަބްދުއްސައްތާރަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހު ހުޅުވި ވިލާ ކޮލެޖް އޭދަފުށީ ކެމްޕަހުގައި ޑިގްރީއަށް ކިޔަވައިދޭން ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އަދި މިއަހަރުގެ ޖެނުއަރީމަހު ވަނީ މާސްޓާޒް ޑީގްރީއަށް ވެސް ކިޔަވައިދޭން ފަށައިފަ އެވެ. އޭގެ އިތުރުން ސެޓްފިކެޓް ލެވެލް ތިނެއް އަދި ހަތަރެއްގެ ކޯސްތައްވެސް އެ ކޮލެޖުގައި ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މުހައްމަދު

    މީހުންގެ ނަންތައް ލިޔާއިރު ހަމައެކަނި ނަން ލިޔެލުމުން އެމީހަކީ ކާކުކަމެއް ގިނަ މީހުންނަކަށް ނޭނގޭނެ. ނަމާއެކު އެޑްރެސް ލިޔެލުން ރަނގަޅުވާނެކަމަށް ފެނޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.