ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ފަށައިފި

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. ބަހިއްޔާ ޕްރީ ސްކޫލުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަނީ--
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. ބަހިއްޔާ ޕްރީ ސްކޫލުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަނީ–

އަންނަ އާދިއްތަ ދުވަހު ފާހަގަ ކުރާ ޓީޗަރުންގެ ދުވަސް މި ބޮޑުއީދުގެ ބަންދާ ދިމާވާތީ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ބައެއް ސްކޫލުތަކުގައި މިއަދު ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު ފަސް ވަނަ ދުވަހު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ރޭ ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފަށައިފަ އެވެ.

އެގޮތުން އެ ސްކޫލުގެ ޕީޓީއޭއިން ވަނީ ޓީޗަރުންގެ ދުވަހުގެ މުނާސބަތުގައި ރޭ ޚާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. އެ ހަފްލާގައި ސްކޫލުގެ ހުރިހާ މުވައްޒަފުންނަށް އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ސެޓްފިކެޓެއް ދީފަ އެވެ. އަދި މުނިފޫހިފުލުވުގެ ބައެއް އައިޓަމްތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން ޓީޗަރުންގެ ދުވަސް ފާޙަގަ ކުރުުމުގެ ގޮތުން އެ ސްކޫލުގައި މިއަދު ވަނީ ޚާއްސަ އެސެމްބްލީއެއްވެސް ބާއްވައިފަ އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަނީ--
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަނީ–

 

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި ޓީޗަރުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު ހަވީރެއްވެސް މިއަދު ހަވީރު އޮންނާނެ އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބަހިއްޔާ ޕްރީ ސްކޫލުގެ ބެލެނިވެރިން ބައިވެރިވެގެން ކްލާސް ރޫމްތައް ވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

އެ ސްކޫލުން ބުނިގޮތުގައި ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ނިންމާލާނީ ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުންނާ އެކުގައި މިއަދު ހަވީރު ބާއްވާ ޚާއްސަ ހަފްލާއަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.