ބޮޑު އީދު ފުޓްބޯޅަ މުބާރާތް ހަވީރު ފަށަނީ

 

ބޮޑު އީދު ބަންދާ ދިމާކޮށް އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ ބޮޑު އީދު ފުޓްބޯޅަ މުބާރާތް އެންމެފަހުގެ ޗެމްޕިއަން ސައިނޯސާ އާއި ޔޫތު ނިއު ޖަނަރޭޝަން ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސޮޕަންސާ އެސްޓީއޯ އިން ނެގުމާއި ގުޅިގެން މުބާރާތުގެ ނަން ވަނީ “އެސްޓީއޯ ނޫފަހި ޗެލެންޖް” އަށް ބަދަލުކޮށްފަ އެވެ. މުބާރާތުގެ ކޯ ސޮޕަންސާ އަކީ އައިލެންޑް އޭވިއޭޝަން އެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މުބާރާތުގައި މިއަހަރު ވާދަކުރާ ހަ ޓީމު ދެ ގުރޫޕަކަށް ބަހާލިއިރު ގްރޫޕް އެކެއްގައި ހިމެނެނީ ނިއު ޖެނެރޭޝަން އާއި ސައިނޯސާ އާއި އަދި އެންޖޯއީ ފްރެންޑްސް އެވެ. ގްރޫޕް ބީ ގައި ސަންސެޓްއާއި ޔުނައިޓެޑް ވީ ގެ އިތުރުން އެމްއޭ ޔުނައިޓޭޑް އެވެ

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް މިއަހަރުވެސް ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ވަނީ ދީފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި މިއަހަރުވެސް އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ އިތުރުން ޝާފިއު އަހުމަދު (ޝާފީ) ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.