ފުޓްބޯޅަ ދަނޑުގައި އީދު ނަމާދުކުރުން ވިއްސާރައާ ގުޅިގެން ކެންސަލްކޮށްފި

ސްޓޭޑިއަމްގައި ބޭއްވި މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދުގެ ޖަމާއަތް: މާދަމާ އޭދަފުށީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބާއްވަން އޮތް އަޟްހާ އީދުގެ "ރަސްމީ ޖަމާއަތް" ވިއްސާރައާ ހެދީ ވަނީ ކެންސަލް ކޮށްފައި.---
ސްޓޭޑިއަމްގައި ބޭއްވި މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދުގެ ޖަމާއަތް: މާދަމާ އޭދަފުށީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބާއްވަން އޮތް އަޟްހާ އީދުގެ “ރަސްމީ ޖަމާއަތް” ވިއްސާރައާ ހެދީ ވަނީ ކެންސަލް ކޮށްފައި.—

 

ކްލަބް ދަ ބިގިނާސް އާއި ރަށު ކައުންސިލު ގުޅިގެން އޭދަފުށީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި މާދަމާ ކުރަން ނިންމާފައިވާ އަޟްހާ އީދު ނަމާދުގެ “ރަސްމީ ޖަމާއަތް” މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކެންސަލް ކޮށްފި އެވެ.

ކްލަބް ދަ ބިގިނާސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފުޓްބޯޅަ ދަނޑު ސަރަހައްދުގައި އީދު ނަމާދުކުރުން ކެންސަލްކުރީ މޫސުން ގޯސްވެ ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުން ދިއުމާ ގުޅިގެން އެ ސަރަހައްދު ތައްޔާރު ކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެންނެވެ.

އެހެން ނަމަވެސް މިސްކިތްތަކުގައި އީދު ނަމާދުކުރުން ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ދާނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ބޮޑު އީދުގެ ދުވަސްވަރު މުޅި ރާއްޖެ އަށް ވިއްސާރަ ކުރާ ކުރާނެ ކަމަށާއި އެކަމަކު ވައި ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ރާއްޖެތެރޭގެ ބޮޑެތި ރަށްރަށުގައި އީދު ނަމާދުގެ “ރަސްމީ ޖަމާއަތް” ބާއްވަނީ ބޮޑެތި ހުސްބިންތަކުގަ އެވެ. މިދިޔަ އަހަރު ވެސް ދަ ބގިނާސް އިން އޭދަފުށީގައި އަޟްހާ އީދު ނަމާދުގެ “ރަސްމީ ޖަމާއަތް” ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ބާއްވަން ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ނަމަވެސް އެފަހަރު ބޭއްވޭގޮތް ނުވީ އެންމެފަހު ވަގުތު ކައުންސިލުން މިސްކިތްތަކުގައި އީދު ނަމާދުކުރާގޮތަށް ހަމަޖެއްސުމާ ގުޅިގެން ކަމަށް އެ ކަލްބުންވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.