އޭދަފުށީގައި އީދު ކުޅިވަރުތައް ފަށައިފި

އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ އީދު ބަޑި ރޯކުރަނީ - ފޮޓޯ / ވަފާ
އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ އީދު ބަޑި ރޯކުރަނީ – ފޮޓޯ / ވަފާ

 

މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް އޭދަފުށީގައި ފެށިގެން ކުރިއަށް އެބަދެ އެވެ.

އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ޖަމިއްޔަތުލް ވަފާއިން މިރޭ ވަނީ އީދު ބަޑި ރޯކޮށްފަ އެވެ. އަދި މިއަދު މެންދުރުފަހު ވަނީ އައްޑަނަ ތިންމުގޯލި އަދި ބަށި މުބާރާތްވެސް ފަށައިފަ އެވެ.

ވަފާ ޖަމިއްޔާއިން ބުނިގޮތުގައި “ހުޅަނގު އުފާ” އީދު ކުޅިވަރު ތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް ޝޯ މާދަމާ ރެ އިން ފެށިގެން އީދު ނިމެންދެން ކުރިއަށްދާނެ އެވެ.

ފުޓްބޯޅަ މުބާރާތުގެ ތެރެއިން
ފުޓްބޯޅަ މުބާރާތުގެ ތެރެއިން

ކޮންމެ އަހަރެއްގެ އަޟްހާ އީދު ބަންދާ ދިމާކޮށް އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތްވެސް މިއަދު ހަވީރު ވަނީ ފަށައިފަ އެވެ. އެސްޓީއޯ ނޫފަހި ފުޓްބޯލް ޗެލެންޖުގެ ނަމުގައި ފެށި މި މުބާރާތުގައި މިއަދު ހަވީރު އޭދަފުށީ ޔޫތު ޖެނެރޭޝަން އާއި ބައްދަލުކޮށް 5-1 އިން މޮޅުވީ ސައިނޯސާ ފުޓްބޯޅަ ޓީމެވެ. މިއަހަރުގެ މުބާރާތުގައިވެސް ފުރަތަމަ ޑިވިސަންގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނެ އެވެ.

އެހެން އަހަރުތަކާ ޚިލާފަށް އޭދަފުށީ ކައުންސިލާއި ކްލަބް ޖަމިއްޔާތައް ގުޅިގެން މިއަހަރު ބާއްވާ “ބީއެމްއެލް އީދު ފެސްޓިވަލް” ފަށާނީ މާދަމާ އެވެ. މި ފެސްޓިވަލު ކުރިއަށްދާނީ ދެކުނު ފަރާތު ހިއްކި ބިމުގަ އެވެ.

“މާދަމާ ހެނދުނު 9:00 ގައި ތިންމުގޯލި އަދި ހަވީރު ބަށި މުބާރާތް ފަށާނެ. އާއިލީ ހަވީރު ވެސް މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު އެ ސަރައްދުގައި ކުރިއަށްދާނެ. ބައިބަލާ އާއި ވާދެމުން ކުރިއަށްދާނީ ރޭނޑު އޮންނަ މިއުޒިކް ޝޯގެ ތެރެއިން” އީދު ފެސްޓިވަލުގެ ކޮމެޓީގެ އޮފިސަލު ބުންޏެވެ.

10678689_10152399609637918_6258494165472545593_n

އީދު ފެސްޓިވަލް ކޮމެޓީން ބުނީ މިއުޒިކް ޝޯ ގައި މަތާރަން ބޮޑުބެރު ގްރޫޕްގެ އިތުރުން މަސްހޫރު ބައެއް ފަންނާލުން ފެނިގެންދާނެ ކަމަށެވެ.

އީދު ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު މިއަހަރުވެސް އޭދަފުށްޓަށް ވަނީ އައިސްފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.