ގޮއިދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ފެމެލީ ސެންތަރުން ގޮއިދޫގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގެ ތެރެއިން
ފެމެލީ ސެންތަރުން ގޮއިދޫގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގެ ތެރެއިން

 

ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ފަރާތުން ގޮއިދޫގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ބ. ގޮއިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން ބ. ގޮއިދޫ ޞިއްޙީ މަރުކަޒާއި ގުޅިގެން ޕްރޮގްރާމްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފެމެލީ ސެންޓަރުން ބުނީ، ގޮއިދޫ ސްކޫލްގެ ގްރޭޑް 7، 8 އަދި 9 ގެ ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވަނީ ދަރިންހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ކަމަށެވެ. އަދި އެ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒު ކުރެވުނު ޕްރޮގްރާމްގައި “ޕިއަރ ޕްރެޝަރ” އާއި ގުޅޭގޮތުންނާއި ދަރިވަރުންގެ އަޚްލާޤް ހިފެހެއްޓުމުގައި ޢަމަލުތައް ބަހައްޓަންވީ ގޮތާއި ގުޅޭގޮތުންވެސް  މަޢުލޫމާދީފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގޮއިދޫގައި ތިބި 65 އަހަރުން މަތީ މީހުންގެ ޞިއްޙީ ހާލަތު ބެލުމާއި، ޞިއްޙީ ގޮތުން ދުޅަހެޔޮ ނޫން ފަރާތްތަކަށް ވަނީ މަޢުލޫމާތުދީފައެވެ. އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުންގެންދާ ފަރާތްތަކަށް އުމުރުން ދުވަސްވީ މީހުން ދުނިޔޭގައި ގިނަވަމުންދާ ނިސްބަތާއި، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާއި، އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ބ. ގޮއިދޫ ސްކޫލާއި، ރަށު ކައުންސިލްގެ އިތުރުން ހެލްތު ސެންޓަރގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިގެންދިޔަކަމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.