ލަންކާއަށް ދިޔަ އޭދަފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ލަންކާއަށް ދިއުމަށް ފަހު ޚަބަރެއް ނުވެގެން ހޯދަމުންދާ އަހްމަދު ޝިމްހާދު - ފޮޓޯ: ވީމީޑިޔާ
ލަންކާއަށް ދިއުމަށް ފަހު ޚަބަރެއް ނުވެގެން ހޯދަމުންދާ އަހްމަދު ޝިމްހާދު – ފޮޓޯ: ވީމީޑިޔާ

 

މިދިޔަ ހަފްތާތެރޭގައި ސްރީލަންކާއަށް ދިޔަ ބ. އޭދަފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

 ފުލުހުން ބުނިގޮތުގައި ލަންކާއަށް ދިއުމަށް ފަހު ޚަބަރެއް ނުވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ، ބ.އޭދަފުށީ ލީބިޔާ، ޢުމުރުން 29 އަހަރުގެ އަހްމަދު ޝިމްހާދެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ލަންކާއަށް ދިޔަ ދިވެއްސެއްގެ ޚަބަރު ނުވެގެން، އެކަން އާއިލާގެ ފަރާތުން އިއްޔެގެ ވަގުތެއްގައި ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ. އެހެން ނަމަވެސް، މިވަގުތު އިތުރު މަޢުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ޝިމްހާދު ބަލިވެ އުޅުމުގެ ސަބަބުން ބޭސްފަރުވާއަށް މިދިޔަ ހަފްތާގައި ސްޜީލަންކާއަށް ދިޔައީ، މިދިޔަ ހޮނިހިރު ދުވަހު އެނބުރި މާލެ އަންނަ ގޮތަށެވެ. ނަމަވެސް އެދުވަސް ފަހަނައަޅާއި ދިޔަ އިރުވެސް، އޭނާގެ ޚަބަރެއް ވެފައި ނުވާތީ، އޭނާގެ އާއިލާއިން ވަނީ މިކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި އޭނާ ލަންކާއަށް ދިޔައީ އާއިލާއަށް ނާންގާ ކަމަށާއި، އެހެން ނަމަަވެސް އޭނާ ސްރީލަންކާއަށް ދިޔަ މަޢުލޫމާތު އޭނާގެ ކޮއްކޮއަށް އަންގައިދިނުމަށް އޭނާގެ ރަހުމަތްތެރިއެއްގެ ފަރާތުން އެދިފައިވާ ކަމަށް ބައެއް މިޑީޔާ ތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ޝިމްހާދަކީ، މީހަކާ ކައިވެނިކޮށްގެން، ތުއްތު ކުއްޖެއް ވެސް ހުންނަ މީހެކެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.