ކެންދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް މަޝްވަރާކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސް ކެންދޫ ކައުންސިލް މެމްބަރުންނާއެކު  ފޮޓޯ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--
ކޮމިޝަނަރ އޮފް ޕޮލިސް ކެންދޫ ކައުންސިލް މެމްބަރުންނާއެކު ފޮޓޯ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން–

 

 

ބ. ކެންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ކެންދޫ ކައުންސިލް މެންބަރުން މަޝްވަރާ ކުރައްވައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނިގޮތުގައި އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކެންދޫގައި ކުށްކުރުމުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކެންދޫގައި ފުލުހުން ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ މަރުކަޒެއް ހުޅުވުމާ ގުޅޭގޮތުންނެވެ.

 ފުލުހުން ބުނީ މި ބައްދަލުވުމުގައި ކެންދޫގައި ކައުންސިލް މެމްބަރުން ވަނީ ކެންދޫގައި ހިނގަމުންދާ ކުށްތަކާ ބެހޭގޮތުން  ވާހަކަ ދައްކައި ކުށްތައް ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ކެންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމްި ގުޅޭގޮތުން ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރައްވައި އެކަމުގައި ކައުންސިލްގެ ފަރާތުން ވެދެވެންހުރި އެހީތެރިކަން ކޮމިޝަނަރ އޮފް ޕޮލިސްއާއި ކައުންސިލުން ޙިއްސާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންނެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ކެންދޫއަކީ ކުށްމަދު އަމާން ވެށްޓެއް ޤާއިމްވެފައިވާ ރަށަކަށް ހެދުމަށްޓަކައި ރަށާ އެންމެ ކައިރި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބޭނުންކޮށްގެން މިހާރަށްވުރެ ބޮޑަށް ކުށްކުރުން ހުއްޓުވައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގަވައި ދެއްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ރައްޔިތުން މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޞާދިޤް އާއި ފުލުހުންގެ ބައެެއް ސީނިއަރ އޮފިސަރުންނާއި ކެންދޫ ކައުންސިލްގެ މެމްބަރުން ބައިވެރި އެވެ.

ދާދިފަހުން ވަނީ މިއަތޮޅު ދަރަވަންދޫއާއި ތުޅާދޫގައިވެސް ފުލުހުންގެ ޚިދުމަތް ފެށުމާގުޅެގޮތުން މަޝްވަރާކޮށްފަ އެވެ. ތުޅާދޫއަކީ ކުރިންވެސް ޕޮލިސް ބްރާންޗެއް ހިންގަމުން އައިރަށެކެވެ. ނަމަވެސް އެރަށުގައި ދެމުން ގެންދިޔަ ފުލުހުންގެ ހިދުމަތް ފެބްރުއަރީ 8، 2012 ގެ ހާދިސާއަށްފަހު ވަނީ ހުއްޓލައިފަ އެވެ.  މިވަގުތު ބ. އަތޮޅުގައި ޕޮލިސް ސްޓޭޝަނެއް ހުރީ ހަމައެކަނި އޭދަފުށީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.