ލަންކާއަށް ގެއްލުނު ކަމަށްބުނާ އޭދަފުށީ ޒުވާނާ ވަނީ އަމިއްލައަށް ފިލާފައި

އަހްމަދު ޝިމްހާދު
އަހްމަދު ޝިމްހާދު

 

ލަންކާ އަށް ދިއުމަށް ފަހު ގެއްލިފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ބ. އޭދަފުށި، ލީބިޔާ، އަހްމަދު ޝިމްހާދު ވަނީ ގެއްލިފައި ނޫން ކަމަށާއި އޭނާ ވަނީ އަމިއްލައަށް ފިލާފައި ކަމަށް ވަގުތު ޑޮޓް އެމްވީ ގައި ރިޕޯޓު ކޮށްފިއެވެ.

ޝިމްހާދު ފިލާފައި ވަނީ އޭނާގެ އެކުވެރިޔަކު މާރު ކުރުމަށް އޭނާ އާއި ހަވާލުކުރި 24000 (ސައުވީސް ހާސް) އެމެރިކާ ޑޮލަރު ހިފައިގެންކަމަށް ވެއެވެ.

ޝިމްހާދު އާއި ޑޮލަރު ހަވާލުކުރި މީހާގެ ގާތް މީހަކު ވަގުތަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޑޮލަރު މާރު ކުރުމަށް ޝިމްހާދު އާއި ޑޮލަރު ހަވާލު ކުރިފަހުން އޭނާ އާއި ބައްދަލުވެފައި ނުވާ ކަމަށާއި އަދި އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ވެސް ވެފައި ނުވާ ކަމަށެވެ. އަދި ޝިމްހާދުގެ ފޯނަށް ވެސް ނުގުޅޭ ކަމަށާއި ޝިމްހާދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަގުތާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެފައިވެ އެވެ.

ދިވެހި ފުލުހުން ބުނީ އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު އާއިލާ އިން ފުލުހުންނަށް ހުށަހެޅުމުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުންނެއް ނުދެ އެވެ.

ޝިމްހާދު ލަންކާ އަށް ދިއައީ ވެސް އާއިލާ އަށް ސިއްރުން ކަމަށްވެ އެވެ. އަދި ލަންކާ އަށް ދިއުމަށް ފަހު އޭނާގެ އެކުވެރިޔަކަށް ގުޅާ ލަންކާގައި ހުރި ކަން އާއިލާ އަށް އަންގައި ދިނުމަށް އެކުވެރިޔާ ކައިރިން އެދުނު ކަމަށްވެސްވެ އެވެ. އާއިލާއިން ޝިމްހާދު ހޯދުމުގެ މަސައްކަތް ފެށީ އޭނާ މާލެ އަންނަން ބުނި ތާރީޙަށް މާލެ ނައުމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.