އެޓޯލް ކިއުޓް ފެރީން މާލެ އާއި ބ. އޭދަފުއްޓާ ދެމެދު ކުރާ ފެރީ ދަތުރުތަކުގެ ޓިކެޓްގެ އަގު ހެޔޮކުރަން ނިންމައިފި އެވެ.
އެޓޯލް ކިއުޓް ފެރީގެ މާލޭ އެޖެންޓް އަހްމަދު ޝިފާއު (ސަންޖޫ) ބުނީ ކުރިން 400ރ އަށް ވިއްކި ޓިކެޓް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ވިއްކަމުން ގެންދާނީ 350ރ އަށް ކަމަށެވެ.
ސަންޖޫ ބުނި ގޮތުގައި ޓިކެޓް އަގު ހެޔޮކުރީ ބާޒާރުގައި ޕެޓްރޯލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެންނެވެ. އަދި ތެލުގެ އަގަށް ކުރިއަށް އޮތްތާނގައި ވެސް އަންނަ ބަދަލުތަކުގެ އަސަރު ޓިކެޓަށް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މިއީ މިރަށުގެ އަމިއްލަ ފަރާތްތަކުން މި ސަރަހައްދާ މާލެއާ ދެމެދު ފެރީގެ ދަތުރުކުރަން ފެށި ފަހުން، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ ޓިކެޓްގެ އަގު ދަށްކުރި ފުރަތަމަ ފަހަރެވެ.