އަނަންތަރާ އިން ބ. އަތޮޅު ފެމެލީ ސެންޓަރަށް 20,000ރ ދީފި

އަނަންތަރާ އިން ފެމެލީސެންޓަރށް ފައިސާގެ އެހީ ވަހާލުކޮށްދެނީ
އަނަންތަރާ އިން ފެމެލީސެންޓަރށް ފައިސާގެ އެހީ ވަހާލުކޮށްދެނީ

 

ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުން މިއަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ވިހިހާސް ރުފިޔާގެ އެހީއެއް ހަދިޔާކޮށްފި އެވެ.

ފެމެލީ ސެންޓްރުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި 20،000ރ ގެ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގެ ޖެނެރަލް މެނޭޖަރު މރ ޖޭމްސް ހެވިޓްސަން އެވެ.

އަންނަތަރާ އިން ބުނީ މި ފައިސާ އަކީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެރިސޯޓުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީގެ ދަށުން ކިހަވައް ވޮރިއާސް އިން ވެދިން އެހީއެއްކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ އެހީތެރިކަން މިއަތޮޅުގެ ރަށްރަށަށް ފޯރުކޮށްދީފައިވާނެ ކަމަށާއި، މުޖުތަމައުގައި ހިނގާ ނޭދޭވޭ ކަންކަން މަދުކުރުމަށް މަސައްކަތްކުރާ ފަރާތަކަށް މި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ބޮޑު މަޤްސަދަކީ އެ ރިސޯޓުން އެފަދަ ކަންކަމަށް ބަހައްޓާ އަހަމިއްޔަތުކަން ކަމަށް އެރިސޯޓުން ބުންޏެވެ.

ފެމެލީ ސެންޓަރުން ބުނީ އަންނަތަރާ އިން ދިން އެހީ ޚަރަދުކުރަން ހަމަޖެހިފައިވަނީ އެ ސެންޓަރުގެ ވަސީލަތްތައް މިހާރަށްވުރެ އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ. އަދި މިފަދަ މަސައްކަތެއްގެ މުހިއްމުކަން ބަލައިގަނެ މާލީ އެހީއެއް ފޯރުކޮށްދޭ ފުރަތަމަ ފަރާތަކަށް އަނަންތަރާ ކިހަވައް ވިލާސް ވާކަމީ އެ ރިސޯޓުން މުޖުތަމައުގެ އަނދިރިފަރާތާއި މެދު ފުންކޮށް ވިސްނާކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، އެ އެހީގެ ސަބަބުން އެ ސެންޓަރުން ކުރާ މަސައްކަތުގެ ދުވެލި މިހާރަށްވުރެ ބާރުވާނޭކަމަށްވެސް ފެމެލީ ސެންޓަރުން ބުންނެވެ.

ޑައުން ޓައުން ގްރޫޕްގެ ބޮޑުބެރާއި އެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި އަނަންތަރާ ރިސޯޓްގެ އިސްވެރިންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.