މަޒުމޫނު ލިޔުމުގެ މުބާރާތުން ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނަ ހޯދައިފި

އިންޓަ ސްކޫލު މަޒުމޫނު ލިޔުމުގެ މުބާރާތުން. ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނަ ހޯދި ދެ ދަރިވަރުން
އިންޓަ ސްކޫލު މަޒުމޫނު ލިޔުމުގެ މުބާރާތުން. ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނަ ހޯދި ދެ ދަރިވަރުން

 

ރާއްޖޭގެ ހުރިހާ މަތީ ސާނަވީ ސްކޫލުތަކަށް އަމާޒުކޮށްގެން މިއަހަރު ބޭއްވި އިންޓަ ސްކޫލު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނަ ހޯދައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ދިވެހި މަޒުމޫނު ތަކުގެ ތެރެއިން ހޮވާލެވުނު އެންމެ މޮޅު ފަސް ވަނައިގައި އަދި އިނގިރޭސި މަޒުމޫނުތަކުގެ ތެރެއިން 2 ވަނައިގައި އެ ސްކޫލުގެ ދަރިވަރަކު ހިމެނިފައިވާ ކަމަށެވެ.

އެ މުބާރާތުގެ ދިވެހި މަޒުމޫނު ލިޔުމުގެ ބައިން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ވަނަ ހޯދައިދީފައިވަނީ އެ ސްކޫލުގެ ގްރޭޑް 12 ގައި މިހާރު ކިޔަވަމުން ގެންދާ، ކާނޭޝަންމާގޭ ހަމްދާ އަބްދުﷲ އެވެ. އަދި އިނގިރޭސި މަޒުމޫނު ލިޔުމުގެ ބައިން މުބާރާތުން ދެ ވަނަ ހޯދީ އޭދަފުށީ ދިރިމާގޭ އިޒްހާތު ޝަމީމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި މި މުބާރާތަކީ ކިޔަވާކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުވައި، މުޖްތަމަޢުގައި ހުރި އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ކަންތަކާއިމެދު ވިސްނާ އެފަދަ ކަންތައްތައް އިޞްލާޙްކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއިމެދު ވިސްނުމުގެ އިތުރުން އިންސާނީ ޙައްޤާއި ކަރާމަތަށް އިޙްތިރާމްކުރާ، އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާއިން ކަންތަކާއި މެދު ވިސްނުމަށް މަގުފަހިކޮށްދިނުމުގެ މަގުސަތުގަިއ ބޭއްވި މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.