ބަހިއްޔާ ސްކޫލުގެ ޔުނިފޯމަށް ބަދަލުގެންނަނީ

ބަހިއްޔާ ޕްރީ ސްކޫލު ކުދިންތަކެއް އެސެމްބްލީގައި. އެ ސްކޫލުގެ ޔުނިފޯމަށް އަންނަ އަހަރު ފެށޭއިރު ބަދަލު އަންނާނެ.  -އީޓީ ފައިލް ފޮޓޯ
ބަހިއްޔާ ޕްރީ ސްކޫލު ކުދިންތަކެއް އެސެމްބްލީގައި. އެ ސްކޫލުގެ ޔުނިފޯމަށް އަންނަ އަހަރު ފެށޭއިރު ބަދަލު އަންނާނެ. -އީޓީ ފައިލް ފޮޓޯ

 

ބަހިއްޔާ ޕްރީ ސްކޫލު ދަރިވަރުންގެ ޔުނިފޯމަށް ބަދަލުގެންނަން އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އަދި ރަށުކައުންސިލުގެ މެންބަރު ނާޒްނީނާ ޔޫސުފް މިއަދު ވިދާޅުވީ ޕްރީ ސްކޫލު ކުދިންގެ ޔުނިފޯމަށް ބަދަލުގެންނަން ކައުންސިލުން ނިންމީ ބެލެނިވެރިންގެވެސް އެދުމުގެ މަތިން ކުދިންނާ ގުޅޭ ކަހަލަ ޔުނިފޯމަކަށް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

“އެހެންވެ ޕީޓީއޭ އާއި އަދި ބެލެނިވެރިންނާ މަޝްވަރާކޮށް އެގޮތަށް އެއްބަސް ވުމުން ނިންމީ. ބެލެނިވެރިންގެ ވަރަށްބޮޑު ތާއީދެއް މިކަމަށް ލިބުނު،”

ކައުންސިލުން ބުނީ ރަސްމީ ޔުނިފޯމާއެކު އެކްޓިވިޓީ ޔުނިފޯމަށްވެސް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕްރީ ސްކޫލުގެ ބެޖާއި ލޯގޯ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ބަހިއްޔާ ޕްރީ ސްކޫލުގައި މިހާރު ބޭނުންކުރާ ރަސްމީ ޔުނިފޯމަކީ މީގެ 30 އަކަށް އަހަރު ކުރިއްސުރެ ފެށިގެން ބޭނުންކުރަމުން އަންނަ ޔުނިފޯކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.