އަލަށް ބެހެއްޓި ޖަނަރޭޓަރު މައްސަލަޖެހި އަނެއްކާވެސް ކަރަންޓް ކަނޑަނީ

ބ. އޭދަފުށި، ރަށުގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ދަނީ ކަރަންޓް ކަނޑަމުން - އީޓީ ފޮޓޯ / ޒަހާން
ބ. އޭދަފުށި، ރަށުގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ދަނީ ކަރަންޓް ކަނޑަމުން – އީޓީ ފޮޓޯ / ޒަހާން

 

ބ. އޭދަފުުށީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަލަށް ބެހެއްޓި ޖަނަރޭޓަރެއް ނިވިގެން އޭދަފުށީގެ އެކި ސަރަހައްދުތަކުން ތަކުރާރުކޮށް ދޭތެރެ ދޭތެރެއިން އަނެއްކާވެސް ކަރަންޓް ކަނޑަން ފަށައިފި އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުން ފެށިގެން، އެތައް ފަހަރެއްގެ މަތިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެ، އާއްމުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

މިއަދު ހަވީރުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ދަނީ ބައިގަޑިއިރަށް ކަރަންޓް ކަނޑާލަމުންްނެވެ.

ފެނަކަ އޭދަފުށީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ މިރޭ 8:00 ހާއިރުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންގެންދަނީ އޭދަފުށީ ކައުންސިލުން ހަދިޔާކުރި 450 ވޯޓުގެ ޖަނަރޭޓަރަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ކަމަށެވެ.

“އަޅުގަނޑުމެންގެ އިންޖިނިއަރުން ގެންދަނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން، މައްސަލަ ހައްލުކުރެވެންދެން ލޯޑް މަތިވާ ގަޑީތަކުގައި އެކި ސަރަހައްދުތަކުން ބައިގަޑިއިރަށް ކަރަންޓް ކެނޑުން އެކަށީގެންވޭ” އޭނާ ވިދާޅުވި އެވެ.

ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ މަހު އޭދަފުއްޓަށް ގެނެސްފައިވާ 600 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށް ފެނަކައިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. fibe

    24 ގަޑި އިރު ކަރަންޓް ސިޔާސަތު ފެށިގެން ދިއުމާއި އެކު މިރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުންވެސް ކަންރަންޓް ކެޑެމުންދާ ސްޕީޑް އަވަސް ކަމުގައި ބެލެވޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.